ads
މާފުށީ ޖަލު--
އޯވަޑޯޒްވެގެން ސީރިއަސްވި ގައިދީގެ ހާލު މިހާރު ރަނގަޅު
މާފުށީ ޖަލުގައި ބޭސްތަކެއް ކާލައިގެން އޯވަޑޯޒްވެ ސީރިއަސް ހާލަތުގައި އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ގައިދީގެ ހާލު ރަނގަޅުކަމަށް އާއިލާއިން ބުނެފި އެވެ.

މާފުށީ ޖަލުގައި މަސްތުވާތެކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒްކުރަމުންދިޔަ 28 އަހަރުގެ ކ.މާލެ ރީހާން ރުޝްދީ އޯވަޑޯޒްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން މިއަދަު އާއިލާއިން ބުނީ، ރީހާންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އާއިލާއިން ބުނީ މިހާރު ލޯހުޅުވާ، ވާހަކަދައްކާވެސް އުޅެވޭ ކަަމަށެވެ. އެހެންނަމަވެސް އަދި ހަދަންޖެހޭ އިތުރު ޓެސްޓުތަކެއް ހުރުމުން ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ނޭގޭ ކަމަށް އާއިލާއިން ބުނެއެވެ. ރީހާންއާއި އެެއްގަޑިއިރަށް އޭނާގެ މަންމަ އަށް ބައްދަލުކުރުމުގެ ފުރުސަތު މިހާރު ދީފަވާކަމަށްވެސް އާއިލާއިން ބުނެއެވެ. 

ރީހާންގެ މަންމައަށް ރީހާނާއި ވާހަކަދެއްކުމުގެ ފުރުސަތުލިބިފައިވާކަމަށާއި، ޖަލުން ސަލާމަތްވެ ރަނގަޅު ދިރިއުޅުމެއް ފަށަން ބޭނުންވާކަމަށް ރީހާން ބުނެފައިވާކަމަށް އާއިލާއިން ބުނެއެވެ. ރީހާންއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިފަވަނިކޮށް، ޖަލުތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އިތުރު ނުވަ މަސް ދުވަސް ޖަލު ބަންދަށް ޖަހާފައިވާ ގައިދީއެކެވެ. ރީހާންގެ ޖަލުގެ މުއްދަތަށް ދެން ބާކީ އޮތީ ހަ މަސް ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް