ads
ނިއުމާ މުހައްމަދު---
ނިއުމާ އެކްޓް ކުރަންފެށީ ކޮން އުމުރަކުކަން އެނގޭތަ؟
ރާއްޖޭގެ ފިލްމީ މަސްރަހުގައި ގިނަ ބައެއްްގެ ސަމާލުކަން ހޯދި އެއް ތަރިއަކަށް ނިއުމާ މުހައްމަދު ވާނެކަން ޔަގީނެވެ. ކުރީގެ ދިވެހި ފިލްމުތަކާއި ލަވަތަކުން ނިއުމާ ފެނިގެން ގޮސްފައިވާއިރު މިފަހުންވެސް ލަވަތަކާއި ފިލްމުތަކުން ނިއުމާގެ މޮޅު އެކްޓިން ފެނިގެން ގޮސްފައިވެއެވެ.

ނިއުމާ ވަނީ ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ ފިލްމީ ދާއިރާއާ ބެހޭ ގިނަ ތަޖުރިބާތަކެއް ހިއްސާކޮށްފައެވެ.

ނިއުމާ ބުނީ މަދަރުސީ ދައުރުން ފެށިގެންވެސް ފިލްމީ ދާއިރާއަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކަމަށާއި އެންމެ ފުރަތަމަ ޑްރާމާއަކުން ފިލްމީ ދާއިރާއަށް ނުކުމެވުނީ މަރިޔަމް ޝައުގީ ދިން ފުރުސަތަކުން ކަމަށެވެ. 

އެގޮތުން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަށް ގުރުބާން ކުރަން ޖެހުނު ކަމަށް ނިއުމާ ބުންޏެވެ. އެންމެ "ޓީން އޭޖުން" ފެށިގެން ގާތްގަނޑަކަށް އުމުރުން 40 އަހަރު ފުރުނު އިރުވެސް ފިލްމީ ދާއިރާގައި އުޅެވުނު އިރު އެއީ އުމުރުން ވަރަށް ދިގު މުއްދަތެއްކަމަށް ނިއުމާ ބުންޏެވެ. އެންމެ ފުރަތަމަ ފިލްމެއް ކުޅުނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައި ކަމަށް ނިއުމާ ބުންޏެވެ.

އޭގެ އިތުރުން އޭނާ ފިލްމީ ދާއިރާގައި މިހާތަނަށް ކޮށްފައި ހުރި ހުރިހާ މަސައްކަތްތަކާ ދޭތެރޭވެސް ހިތްހަމަޖެހޭ ކަން ނިއުމާ ފާހަގަކުރިއެވެ.

ނިއުމާ އެންމެ ފުރަތަމަ "ތަޖުރިބާ" ކިޔާ ޑްރާމާއަކުން ދިވެހިންނަށް ފެނިގެންގޮސްފައިވަނީ 1994 ވަނަ އަހަރުއެވެ. ނިއުމާ އެންމެ ފަހުން ކުޅުނީ އޭނާ އަމިއްލައަށް ޑައިރެކްޓުކޮށްފައިވާ ފިލްމު "ނިވައިރޯޅި" އެވެ. އެއަށްފަހު އޭނާ ފިލްމީ ދާއިރާއާ ދުރަށް ދިޔައީ ދަރިފުޅަށް ވަގުތު ދޭންވެގެން ކަމަށް ނިއުމާ ވަނީ ބުނެފައެވެ. މިހާރު ނިއުމާގެ އުމުރަކީ 43 އަހަރެވެ.

42%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް