ads
އުރީދޫ އެޕް
ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ޚިދުމަތް ހޯއްދަވާ :އުރީދޫ
އުރީދޫގެ ކޮންމެ ހިދުމަތެއްވެސް ގޭގައި ތިބެގެން ފަސޭހަކަމާއެކު މިހާރު ލިބޭނެއެވެ. ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށްޓަކައި ފަހުގެ އަޕްޑޭޓް ތަކާއެކު ފީޗަތައް ބޭނުން ކުރެވޭގޮތް އުރީދޫން ހެދީ ކޮވިޑުގެ މިހާލަތުގައި ރައްކާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށެވެ.

އުރީދޫގެ ސީނިއަ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނާއިފާ ޖިހާދު ވިދާޅުވީ އުރީދޫން މިބަދަލު ގެނައީ މިދުވަސްވަރަކީ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ ނާޒުކު ދަނޑިވަޅަކަށް ވުމާއެކު ކަސްޓަމަރުންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އަބަދުވެސް އުރީދޫން ވިސްނަނީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެހެން ބަދަލުތައް ގެންނަން. މިބަދަލުގެ ސަބަބުން މައްސަލައެއް ހުށަހަޅުއްވަން ވިޔަސް އަދި އެއްޗެއް ބައްލަވައިގަންނަން ޖެހުނަސް ފަސޭހަކަމާއެކު ކޮށްލެވޭނެ. މިދަނޑިވަޅު ކަސްޓަމަރުންގެ ރައްކާތެރި ކަމަށްޓަކައި ގޭގައި ތިއްބަވައިގެން ހުރިހާކަމެއް ކުރެވޭފަދަ ގޮތަކަށް އަޅުގަނޑުމެން ވިސްނަނީ. އަޅުގަނޑުމެންގެ އިލްތިމާސަކީ ވެސް އެއީ"ނާއިފާ


މި އެޕް ބޭނުން ކޮށްގެން އުރީދޫން 24 ގަޑިއިރުގެ ކަސްޓަމަ ކެއާ ހިދުމަތް ލިބޭނެއެވެ. މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާނަމަ އެޖެންޓަކާ ޗެޓްކުރެވިދާނެއެވެ. ނުވަތަ "ރިޕޯޓް އަ ޕްރޮބްލެމް" ފީޗަ ބޭނުން ކުރެވިދާނެއެވެ. މި ފީޗަ ބޭނުންކުރެއްވުމަށްޓަކައި:

1. http://ore.do/app އަށް ލޮގިން ކުރައްވާ

2. މެނޫއިން "ރިޕޯޓް އަ ޕްރޮބްލަމް" ނަންގަވާ

3. ޚިދުމަތް ޚިޔާރު ކުރައްވާ

4. ގުޅުންހުރި މައުލޫމާތު ތައް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވާ !

ކަސްޓަމަރުން މައްސަލައެއް ހުށަހެޅުމާއެކު ، ކޭސް ނަމްބަރާއެކު ކަސްޓަމަރަށް އެސްއެމްއެސްއެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ކަސްޓަމާ ކެއާ އެޖެންޓެއް ވަގުތު ކޮޅެއްގެތެރޭ އެމައްސަލައަކަށް ޖަވާބު ދެއްވާނެ ކަމަށްވެސް އުރީދޫން ފާހަގަ ކުރެއެވެ.

އުރީދޫން ބުނީ އުރީދޫ އެޕް މިހާރު ވަނީ އެމް-ފައިސާ، މޫލީ އަދި ސެލްފްކެއާ އާ އިންޓަގަރޭޓް ކުރެވިފައި ކަމަށެވެ. ކަސްޓަމަރުންނަށް މި އެޕް ބޭނުން ކޮށްގެން ރިޗާޖް ކުރެވޭއިރު، 24 ގަޑިއިރު މުޅިރާއްޖެއަށް ޑެލިވަރީގެ ޚިދުމަތްލިބޭ އުރީދޫ ޝޮޕުން ވިޔަފާރިކުރެވޭނެއެވެ. އޭގެ އިތުރުން ސްކޫލް ފީއާއި ޔުޓިލިޓީ ބިލްތަކާއި، ރެސްޓޯރެންޓް ބިލްތައްވެސް މި އެޕް ބޭނުންކޮށްގެން ދެއްކޭނެއެވެ. އަދި އެމްފައިސާ މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ މީހުނަށް ފައިސާ ފޮނުވޭއިރު 24 ގަޑިއިރު ކަސްޓަމާ ކެއާ ގެ ޚިދުމަތްވެސް މިއެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި އުނދަގޫ ދުވަސްވަރު ރައްކާތެރިކަމަށްޓަކައި އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމް ބޭނުންކުރަން އުރީދޫން އިލްތިމާސް ކުރެއެވެ. އަލަށް އުރީދޫ ބޭނުން ކުރާ ފަރާތްތަކާއި އުރީދޫ ބޭނުން ނުކުރާ ފަރާތްތަކަށްވެސް ވެބް މެދުވެރިކޮށް އުރީދޫ އޮންލައިން ޝޮޕުން ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން ބްރޯޑްބޭންޑް ކަނެކްޝަނާއި، މޮބައިލް ކަނެކްޝަން ގަނެވޭނެއެވެ. އަދި މިހާރު ބޭނުންކުރާ ކަނެކްޝަން އަޕްގްރޭޑް ކުރުން ނުވަތަ އީ ސިމަކަށް ވެސް ފަސޭހަކަމާއެކު ބަދަލު ކޮށްލެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް