ads
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް -- ފޮޓޯ: މިހާރު
މި ސަރުކާރުގެ 25 އިންސައްތަ ހުށަހެޅި، އަދިވެސް އެ ކަރުދާސް އެބައޮތް: ސިޔާމް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 25 އިންސައްތަ ހިއްސާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ސިޔާމް މުހައްމަދު ހުށަހެޅި ކަމަށް ސިޔާމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ސަރުކާރުގެ ހިއްސާ ހުށަހެޅުއްވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި، އެ ގްރީމެންޓުތައް މިވަގުތުވެސް އަތުގައި އެބަ އޮތް ކަމަށެވެ.

ކުރިން ރައީސް ޔާމީނާ ދެބޭފުޅުން އެކުގައި ކުރެއްވި މަސަައްކަތް ހުއްޓާލައްވަން ޖެހިވަޑައިގެންނެވީ 2018 ވަނަ އަހަރާ ހިސާބަށް ދިޔައިރު ސިޔާމް ލީޑަރުކަން ކުރައްވާ ޕާޓީއާ ޕީޕީއެމް އާ ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ސިޔާމް ވިދާޅުވި އެވެ. 

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެއްވެސް އެހެން ޕާޓީއަކާ އެކުވެސް ކުރިއަށް ދާން އެމްޑީއޭ ކައުންސިލުން އެއްބަސްނުވި ކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރުންގެ 25 އިންސައްތަ ހިއްސާ އެމްޑީއޭއަށް ހުށައެޅި ކަމަށެވެ.

"މި ސަރުކާރުންވެސް 25 ޕަސެންޓުގެ ހިއްސާ އަޅުގަނޑަށް ފޮނުވި އެގުރީމެންޓުގައި. އެ އެގުރީމެންޓު އެބަ އޮތް. އެހެންނަމަވެސް އޭތި އަޅުގަނޑު ޔާމީނާއެކު އެވަގުތު އެހާ ކައިރީގައި ހުރުމާއެއްކޮށް ޔާމީނަކީ ރަށްޓެއްސެއް ކަމަށް ވުމާއެއްކޮށް އަޅުގަނޑަށް، އަޅުގަނޑުގެ އަމިއްލަ ހިޔާލު އަޅުގަނޑަކަށް އަމިއްލަ ޒަމީރު ގަބޫލު ނުކުރެވުނީ މިވަގުތު ޓަސްލާފައި ހަމަ އަނެއް ފަރާތަށް އަރައިގެން ގޮސް އެ މަސައްކަތް ކުރާކަން،" ޝިޔާމް

ނަމަވެސް ސަރުކާރުގައި ހިއްސާވާން ހުށަހެޅި ހުށަހެޅުން ގަބޫލުކުރައްވާފައި ނުވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. 

"އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުން އެވަގުތު އޮތީ އެއްވެސް ސިޔާސީ ޕާޓީއަކާ ކޯލިޝަން ނުހަދާ އޮންނަން. އެ ހުށަހެޅުން ގަބޫލުކުރި ނަމަ އަޅުގަނޑު މިވަގުތު އިންނާނީ ކޯލިޝަން ތެރޭގައި. އެއްވެސް މަޝްވަރާއެއް ސިއްރިއްޔާތުގައި ނުދޭ އެކަމަކަށް." ސިޔާމް

ސިޔާމް ވިދާޅުވީ ހުށަހެޅުން ގަބޫލު ނުކުރި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގައި އިސްލާމްދީން ފިޔަވާ އިތުރު ދީނެއް ނުގެންގުޅުން ފަދަ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމަށް ރައީސް ސޯލިހުގެ އަރިހުން އެދުނު ކަމަށެވެ. އަދި އަމިއްލަ އެއްވެސް ކަމެއްގައި ރައީސް ސޯލިހަށް ހުށަހަޅާފައި ނުވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް