ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި މީދޫ ދާއިރާ މެމްބަރު އަހުމަދު ސިޔާމް
އެމްޑީޕީ ދެބައިވެއްޖެނަމަ ހުންނާނީ ރައީސް ސޯލިހް އާއެކު: ސިޔާމް
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެމްޑީޕީ ދެބައިވާންޖެހިއްޖެނަމަ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއެކު ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެފަދަ ހާލަތެއް އަތުވެއްޖެނަމަ ހުންނަވާނީ ކޮންކޮޅެއްގައިތޯ ސީއެންއެެމްގެ "އިތުރުކާފް" ޕްރޮގްރާމްގައި ސުވާލުުކުރުމުން ސިޔާމް ވިދާޅުވީ، ރައީސް ސޯލިހް އަކީ އެމަނިކުފާނުުގެ ވަރަށް ގާތް ރަހުމަތްތެރިއެއް އަދި 20 އަހަރު ދުވަހު އެކީގައި މަަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. 

ރައިސް ސޯލިހް އަކީ މަޖިލީހުގައި މެންބަރުކަން ކުރެއްވިއިރުވެސް އެންމެ އަހުލާގީގޮތުން ރަނގަޅު ބޭފުޅާކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، ރައީސް ސޯލިހް އަކީ މީހުންނާއި ދޭތެރޭ މުއާމަލާތް ކުރެއްވުމުގައި ވެސް ވަރަށް ރަނގަޅަށް މުއާމަލާތް ކުރައްވާ ބޭފުޅެއް ކަމަށެވެ. 

އެހެންކަމުން އެމަނިކުފާނަކީ އަބަދުވެސް ސިޔާމްއަށް ވަރަށް ކަމުދާ ބޭފުޅެއް ކަމަށާއި އެފަދަ ހާލަތެއްގައިވެސް ހުންނަވާނީ ކަމުދާ ބޭފުޅެއްގެ އަރިހުގައި ނޫންތޯ ވަނީ ސުވާލުކުރައްވާފައެވެ. 

"ރައީސް ނަޝީދާއި އެކު މަސައްކަތް ނުކުރައްވާނެ ވާހަކައެއް ނޫން. އެހެންނަމަވެސް އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަޅުގަނޑަށް ބޮޑަށް ސަޕޯޓްކުރެވެނީ އިބްރާހިމް މުހައްމަދު ސޯލިހްއަށް އަދި ރައީސްއަށް. އެމަނިކުފާނަކީ ވަރަށް މަޑުމައިތިރި ބޭފުޅެއް ހަގީގަތުގަ އެބޭފުޅާއަށް ގިނަ ބަޔަކު ހަޖޫޖެހިޔަސް" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރު އެމަނުކުފާނަށް ގޯހެއް ނޫންކަމަށާއި އެހެން ގައުމުތަކާއި އަޅާބަލާއިރު ގައުމު މެނޭޖްކުރައްވަމުން ގެންދަވަނީ މާ ރަނގަޅަށް ކަމަށް ދެކިލައްވާކަމަށެވެ. މިސާލެއްގެ ގޮތަށް ސިޔާމް ވަނީ ކޮވިޑްގެ މިހާލަތުގައިވެސް ރާއްޖެއިން ނަގާފައިވާ ހުރިހާ ލޯންތަކެއްވެސް ރައީސް ސޯލިހް ދައްކަވަމުންދާ ކަން ފާހަގަކުރައްވާފައެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް