ads
އަލްމަރުހޫމް އަހްމަދު މުހައްމަދު ސޯލިހް
ރައީސް ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވެއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް (އަހްމަދުބެ) އަވަހާރަވެއްޖެއެވެ.

އަހްމަދުބެ ނިޔާވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރުއެވެ. އޭނާ އަވަހާރަވީ ދުބާއީގައެވެ. އުމުރުރަކީ 55 އަހަރެވެ. 

ރައީސް ސޯލިހްގެ އާއިލާގެ 12 ބޭފުޅުން ތިއްބަވާއިރު އެންމެ ހަގު ބޭފުޅަކީ އަހްމަދުބެއެވެ. ރައީސް ސޯލިހްގެ އާއިލާގައި ލޯފަން 4 ބޭފުޅުން ތިއްބަވާއިރު އޭގެ ތެރެއިން 3 ބޭފުޅުންނަކީ ހާފިޒުންނެވެ. އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ނުކުރެއްވުނީ ކަމަށް މައުލޫމާތު ލިބެއެވެ. 

އަހްމަދު މުހައްމަދު ސޯލިހް އަވާރަވުމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް