ads
ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
މިނިސްޓަރު މާރިޔާ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކޮށްފި
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ނުރައްކާތެރި ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސާފުކުރަންޖެހޭ މައުލޫމާތު ސާފުކުރަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ހެނދުނުގެ ވަގުތެއްގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ހާޒިރުކޮށްފިއެވެ.

ނަޝީދަށް އަމާޒުކޮށް ދެވުން ހަމަލާ އާއި ގުޅިގެން އެކަން ހިނގައި ދިޔަ ގޮތާއި އެކަމުގައި އެއްވެސް އިހުމާލެއް ވޭތޯ އާއި މިކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުންނެވެ. 

މިއަދު މާރިޔާ ކޮމެޓީއަށް ހާޒިރުކޮށްފައިވާ އިރު އެކަމަނާއާއި މެދު ބައެއް މެންބަރުންގެ ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. 

ރައީސް ނަޝީދަށް އެފަދަ ހަމަލާއެއް އަމާޒުވާކަން އެނގި ހުރެ އެކަމާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމުގެ ތުހުމަތުވަނީ މާރިޔާއަށް އަމާޒުވެފައިއެވެ. މީގެ އިތުރުން ވަކި ވަކި ސިފައިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމާއި މިނިސްޓަރު މާރިޔާ ދެކޮޅުހެއްދެވުމުން މައްސަލަ ވަނީ އިތުރަށް ގޯސްވެފައިއެވެ.

މި ކޮމެޓީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާއި ގުޅުން ހުރި އެހެން މުއައްސަސާގެ ވެރިން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. މި ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި  ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާވެސް ވަނީ ސުވާލު ކުރެވިފައިއެވެ. 

މި ހަމަލާގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭ ކަމަށް ބުނާ އެމްއެންޑީއެފްއަށެވެ. 

ކޮމެޓީގެ ތިން މެމްބަރުންގެ ޓީމެއް ވަނީ ސިފައިގެން މައިމަރުކަޒަށް ވަޑައިގެން މައުލޫމާތުވެސް ސާފު ކުރައްވާފައިއެވެ. 

މި ރިޕޯޓް ނިންމުމައް ފަހު މަޖިލީހުގެ ތަޅުމަށް މި މަހުގެ ނިޔަލަށް ހުށަހަޅަންޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް