ads
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، އަދި އޭނާއަށް ކޯޓުގައި ޖާމިނުވި އައްސަދު އަލީ (އަޑުބަރޭ) ----
ރާއްޖޭން ބޭރު ގައި ހުރެގެން ޝަރީއަތަކަށް ހާޒިރެއް ނުކުރެވޭނެ: ޕީޖީއޮފީސް
ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޝަރީއަތެއް ނުކުރެވޭނެ ކަމަށާއި ބޭރުގައި ހުރި ފަރާތެއްގެ ޝަރީއަތް ކުރިޔަށް ދާކަމުގައިވަނީ ނަމަ އެ މީހަކު ރާއްޖޭގެ ގާނޫނީ ބާރު ހިނގާ ތަނަކަށް ގެންނަން ޖެހޭކަމަށް ޕްރޮޒެކިއުޓާ ޖެނެލް އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީގެ މީޑިޔާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވިގޮތުގައި ކުރީގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ ޝަރީއަތް ކުރިޔަށް ގެންދާނަމަ އޭނާ އެނބުރި ރާއްޖޭގެ ގާނޫނީ ބާރު ހިނގާ ތަނަކަށް ގެންނަޖެހޭނެއެވެ. ނަމަވެސް ހެކީންނަށް ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރެގެންވެސް ޝަރީޔަތަށް ހާޒިރު ވެވޭނެކަމަށެވެ. ހެކިން ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރިނަމަ އެ މީހަކު ޝަރިއްޔަތަށް ހާޒިރުވާންޖެހޭނީ އެމްބަސީ މެދުވެރިކޮށެވެ. 

ޕީޖީގެ މީޑިޔާ އޮފިޝަލް މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ހަވީރު 3 ޖަހާއިރަށް ތާވަލްކޮށްފައިވާ ދަނޑިވަޅެކެވެ. 

އަލީ ވަހީދަށް ކުރެވިފައިވާ ދައުވާއަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީީ ގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރަސާރަ ކުރިކަމުގެ ހަތް ދައުވާއެކެވެ.  އަލީ ވަހީދުގެ އަޑުއެހުން ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭސް ފަރުވާއަށް ލަންޑަނަށް ވަޑައިގެންފައިއެވެ. އޭނާ ލަންޑަނަށް ވަޑައިގަތީ ކޯޓުން އެހުއްދަ ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޒިންމާވާ ގޮތަށް، ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ.  

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އަލީ ވަހީދުގެ މައްސަލައާ ގުޅުވައިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ، ރާއްޖޭގެ ބާރު ނުފޯރުވޭ ތަނެއްގައި ދައުވާ ލިބޭ މީހާ ހުރެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖޯކެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހާލަތުގައި ޝަރީއަތް ބާއްވާ ނަމަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.Raajje ge baaru nuhingaa thanehgai shareeai kurun vaanee joke akah: PG

މިކަމުގައި މިސާލެއް ނަންގަވަމުން ޝަމީމް ވިދާޅުވީ، އޮންލައިން އަޑުއެހުމެއްގައި ޝަރީއަތުގެ ހުރުމަތް ކަނޑައިފި ހާލަތެއްގައި، ދައުވާ ލިބޭ މީހާ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ހުރުމުން އޭނާއާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތުން ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް