ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓުތަކުގެ ގުރު ނެގުން އަލުން ފަށަނީ
ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން އަލުން ފެށުމަށް އެޗްޑީސީން ނިންމައިފިއެވެ.

ކޮވިޑާ ގުޅިގެން ފްލެޓުތަކުގެ ގުރުނެގުން އެޗްޑީސީން މެދުކަނޑާލީ މިދިޔަ މެއި މަހުގެ ކުރީކޮޅު އެވެ. 

އެޗްޑީސީން ބުނީ ގުރުނެގުން އަލުން ކުރިއަށް ގެންދިޔުމަށް އަދި، ގުރުނެގުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާނީ، ކޮވިޑުގެ ގެ ހާލަތާއި ގުޅިގެން މިވަގުތު ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ފެތޭނޭހެން، އެކަމުގައި އަމަލީގޮތުން ވީހާވެސް މަދުބައެއްގެ ބައިވެރިވުން ހިމެނޭގޮތަށް ކަމަށެވެ.

އެހެންކަމުން އެ ކޯޕަރޭޝަނަށް މިވަގުތާއި ހަމައަށް ލިބިފައިހުރި ތިރީގައިއެވާ ލިސްޓުތަކަށް މާދަމާ، ގެ 13:00 އިން ފެށިގެން ގުރުނެގުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މާދަމާ ގުރު ނަގާ ކެޓަގަރީތައް: 
1. (110) ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ
2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހާއްސަ
3. (H6) އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ
(H7) 18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކައް ހާއްސަ
5. (H8) މާލޭ ރަށްވެހިންނަށް ހާއްސަ
6. (9-H) މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ
7. މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހާއްސަ

އެޗްޑީސީން ބުނީ އެ ލިސްޓުތަކުގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާއްސަކޮށް ލިބިފައިވާ ލިސްޓުގެ އިތުރުން ދެން ހުރި ލިސްޓުތަކަކީ ޕްލޭނިން މިނިސްޓްރީން ވެރިފައިކުރުމަށްފަހު އިތުރަށް ފޮނުވާފައިވާ ފަރާތްތަކުގެ
ލިސްޓު ކަމަށެވެ. އަދި، މި ލިސްޓުތަކުގެ ގުރުނެގުންވެސް ކުރިއަށް ގެންދެވޭނީ ކުރިއެކޭ އެއްފަދައިން އެ ހުރިހާ ފަރާތްތަކެއްގެ އައިޑީ ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން މާދަމާއިން އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގުރުއަތުގައި ގުރުނެގޭނެ ފަރާތްތަކުގެ ލިސްޓުވެސް އެޗްޑީސީން މިހާރު ވަނީ އާންމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް