ads
ސޯލާ ޕެނަލް ހަރުކުރުން
6 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމަށް ބީލަަމަށް ހުޅުވާލައިފި
ރާއްޖޭގެ ހަ ރަށެއްގައި 11 މެގަވޮޓްގެ ސޯލަ ޕީވީ ނިޒާމް ގާއިމުކުރުމަށް ބީލަން ހުށަހަޅަން ހުޅުވާލަައިފި އެވެ.

އެންވަޔަރަންމެން މިނިސްޓްރީއާއި، ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ “އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިންރިނިއުވަބަލް އެނާޖީ (އެސްޕަޔަ)” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބަދީ ބޮޑު ހަ ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަ ޕީވީ ނިޒާމް ގާއިމުކުރުމަށް ވަނީ ހުޅުވާލާފައެވެ.

އެ ފުރުސަތުގައި މަސައްކަތްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބިލަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާއިރު، މި މަޝްރޫއުގެ މަސައްކަތައް ހުޅުވާލުމުން 61 ކުންފުންޏަކުން ވަނީ މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރިކޮލިފިކޭޝަން ހުށަހެޅުމަށްޓަކައި ރަޖިސްޓަވެފައިވާ ކަމަށް އެންވަަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. އަދި އޭގެތެރެއިން 34 ކުންފުންޏަކުން ވަނީ އެނިޒާމްތައް ޤާއިމްކުރުމަށް ޕްރިކޮލިފިކޭޝަން ހުށަހަޅާފައެވެ.

11 މެގަވޮޓް ސޯލަ ޕީވީ ގާއިމުކުރާ ރަށްތައް: 

1. އައްޑޫ ސިޓީ (ހުޅުދޫ މީދޫ ހިމެނޭ ގޮތަށް)

2. ފުވައްމުލައް ސިޓީ 

3. ކުޅުދުއްފުށީ ސިޓީ

4. ގދ. ތިނަދޫ

5. ބ. އޭދަފުށި

6. ޅ. ހިންނަވަރު  

މި ސަރަހައްދުތަކުގެ ސޯލަ ހަކަތައިގެ ނިޒާމު ގާއިމުކުރުމަށް ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހެވެ. 

މިފަދަ މަޝްރޫއުތަކުގައި އަމަލުކުރާ އުސޫލުތަކަކީ މަޝްރޫއަށް އިއުލާންކޮށް ޕްރިކޮލިފިކޭޝަން ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް އެކުންފުނިތަކަކީ މިފަދަ މަސައްކަތްކުރުމަށް ފަންނީ އަދި މާލީ ގާބިލުކަން ހުރި ކުންފުނިތަކެއްތޯ ވަޒަންކޮށް،  ބީލަން ހުށަހެޅުމުގެ ދައުވަތު ދެނީ ހަމައެކަނި ޝަރުތު ހަމަވާ ކުންފުނިތަކަށެވެ. އެގޮތުން އެ މަޝްރޫއުގެ މަސައްކަތަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ޝަރުތުހަމަވެ ބީލަން ހުށަހެޅުމުގެ ދައުވަތު އެރުވީ 12 ކުންފުންޏަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. 

އެސްޕަޔަ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސޯލަ ހަކަތައިގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. 

އެސްޕަޔަ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ އެރައިސް ޕްރޮޖެކްޓުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލަ ޕީވީގެ ނިޒާމުތައް ގާއިމްކުރުމަށް ވަނީ އިއުލާނު ކޮށްފައެވެ. 

އެގޮތުން އެރައިސް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި  11 – 14 މެގަވޮޓް ސޯލަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް ޖޫން މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

އެސްޕަޔަ އަދި އެރައިސް މަޝްރޫއުގެ ދަށުން އަލަށް ސޯލަ ޕީވީގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަޖީސްޓޯރޭޖް ސިސްޓަމް ގާއިމުކުރާނެއެވެ.

އެ ބެޓަރީ އެނަޖީސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެކަމަށާއި، ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެނިސްބަތް ޖުމުލަ 30 އިންސައްތައަށް ވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމުކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަހާލަތްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ހިންގާ އެސްޕަޔަ އަދި އެރައިސް މަޝްރޫއަކީ، ކަރަންޓުއުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި އެކަމަށްކުރާ ހަރަދު ކުޑަކޮށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާލްޑް ބޭންކްގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް