ads
ރައީސް އޮފީސް
އަނެއްކާވެސް ސަރުކާރު އޮފީސްތައް ހުޅުވުން ލަސްކޮށްފި
ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ

ރައީސް އޮފީހުން ބުނީ މޭ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ހުރިހާ ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމާފައިވާ މުއްދަތު މި މަހުގެ 29 ވަނަ ދުވަހާއި ހަމަޔަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުކުރައްވާފައިވާކަމަށެވެ. 

މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގައި މަސައްކަތް ކުރުމަށާއި އޮންލައިކޮށް ދެވެން އޮތް ހިދުމަތެއް އޮންލައިންކޮށް ދިނުމަށް ރައީސް ވަނީ އަންގަވާފަ އެވެ. މީގެ އިތުރުން އޮފީހަށް ނިކުންނަން ޖެހޭ  ހާލަތެއްގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްފަރާތެއް ކަނޑައަޅާގޮތާއި އެއްގޮތަށް އޮފީހާއަށް ހާޒިރުވެ، އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މަސައްކަތް ކުރުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށްކަމުން ހުރިހާ މުވައްޒަފުންވެސް އެޗްޕީއޭ ގެ އެންގުމާއި އެއްގޮތަށް އަމަލުކުރުމަށް މުވައްޒަފުންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް