ads
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް
ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިދޭން ދަނީ މަޝްވަރާކުރަމުން: މަބްރޫކް
ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިދޭން ދަނީ މަޝްވަރާކުރަމުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ، ކެފޭ ރެސްޓޯރެންޓްތަކުގެ ހިދުމަތް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެން ފިޔަވަޅުތަކުންވެސް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ލުއި ދިނުމަކީ ވެކްސިން ޖެހެމަށް އިތުރަށް ލިބޭނެ ހިތްވަރަކަށް ވެސް ވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ފަރާތްތަކަށް ލުއިދެވިދާނެ ގޮތްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ލުއިތައް އިއުލާން ކުރަމުންދާނެ ކަަަމަށް މަބްރޫކް ވިދާލުވިއެެވެ. 

މަބްރޫކް ވިދާޅުވީ، އޭގެތެރޭގައި ކޮވިޑް-19 ޖެހުމަށްފަހު އިމިއުނިޓީ މުއްދަތުގެ ތެރޭގައި އެފަދަ ފަރާތްތަކަށް ބަލިޖެހުމުގެ ފުރުސަތަު ނޯންނާތީ އެފަރާތްތަކަށްވެސް ލުއިދިނުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށް ކަމަށެވެ. 

މީގެއިތުރުން އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގު ވިދާޅުވީ، ލުއިތައް ދިނުމާއިމެދު ކުރަމުންދާ މަޝްވަރާގެ ތެރެއިން އެންމެ ބޮޑަށް ލުއިދޭން ބޭނުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަަށް ދަތުރުކުރެވޭގޮތަށް ހުޅުވާލުމަށް ކަމަށެވެ. އެކަން ކުރެވޭނެ ގޮތްތަކެއް ބަލާ އެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާ؛ލޭ ސަރަހައްދުުގައި އަޅާފައިވާ ފިޔަވަޅުތަކުން ތިން ލުއެއް ދޭން މިހާރު ވަނީ ނިންމާފައެވެ. އެއީ ހެނދުނު 08:00 އިން ހަވީރު 18:00އަށް ޕާމިޓްއާއި އެކު ބޭރުގައި އުޅެވޭގޮތަށާއި، ޖިމްތައް ފަތިހު 05:00އިން ހަވީރު 18:00އަށް ހުޅުވާލަން ނިންމުމުގެ އިތުރުން އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތަށް ހުޅުވާލުމެވެެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް