ads
ކަންގަނާ
ކަންގަނާގެ މި ފަހަރު ގޮވާލީ އިންޑިއާ ސިއްސުވާލާ ފަދަ ކަމަކަން
ބޮލީވުޑް މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އަކީ އެހެން ތަރިންނާ ވަރަށް ތަފާތު މީހެކެވެ. އޭނާ ބޭނުންވާ ކަންކަމާއި އޭނާއަށް ފެންނަ ގޮތް އެއްްވެސް ހިފެހެއްްޓުމެއްނެތި އާންމުކުރެ އެވެ. މިފަހަރު އޭނާގެ ވާހަކަ ވަރަށް ތަފާތެވެ. އޭނާ ގޮވާލަނީ ކުޑަކަމަކަން ނޫނެވެ.

ކަންގަނާގެ ވާހަކަތައް ހުންނަގޮތުން އޭނާއަށް ފާޑުކިޔުން އިންތިހާއަށް އަމާޒުގެންދިޔަ ނަމަވެސް އެކަމަކަށް ބަލާ މާ ބޮޑު ސަމާލުކަމެއް ދޭ ތަނެއް ނުފެނެ އެވެ. ބޮލީވުޑްގެ އެންމެ ހަރަކާތްތެރި އެކްޓަރުން ތެރޭ ހިމެނޭ ކަންގަނާ އަކީ ހަރުކަށި ހިންދޫ ފިކުރުގެ ހިޔާލު ފާޅުކުރާ ތަރިއެކެވެ. އެގޮތުން މި ފަހަރު އޭނާ ގޮވާލަނީ އިންޑިއާގެ ނަން ބަދަލު ކުރުމަށެވެ.

ސޯޝަލް މީޑިއާގައި ހިޔާލުުތައް ބަންޑުންކޮށްލާ ކަންގަނާ މިފަހަރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ  "އިންޑިއާ" ނަމަކީ އިނގިރޭސިންގެ އިސްތިއުމާރީ ދުވަސްވަރު އެމީހުން ދީފައިވާ ނަމެއް ކަމަށެވެ. އަދި އޭގެ މާނައަކީ އުތުރު އިންދުސް ރިވާ ކަމަށް އޭނާ ބުނެއެވެ.

ކަންގަނާ ދެކޭގޮތުގައި އިނގިރޭސިންގެ އަޅުވެތިކަމުން ކިޔަން ފަށާފައިވާ "އިންޑިއާ" އަށް ކިޔަން އެންމެ ރަނގަޅީ "ބާރަތު" އެވެ. “އިންޑިއާ” ނަމަކީ އިނގިރޭސީންގެ އަޅު ނަމެއް ކަމަށް ވެސް ކަންގާނާ ބުނެ އެވެ.

އިންޑިއާގެ ތަފާތު މައްސަލަތަކާއި ދުނިޔޭގެ ތަފާތު މައްސަލަަތަކުގައި ކަންގަނާ ވަނީ މީގެކުރިންވެސް ހައިރާންކޮށްލާ ފަދަ ވާހަކަ ދައްކާފަ އެވެ. ބައެއް ވާހަކަތައް ދައްކައިގެން އޭނާވަނީ ހޫނުފެނަށް ވެސް ވެއްޓިފަ އެވެ.

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
89%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް