ads
ދައުރުވަމުންދާ ވީޑިޔޯގެ މަންޒަރެއް
ވައްކަން ކުުރާ ވީޑިއޯއެއް އާންމު ވެއްޖެ
ފިހާރަކުން ވައްކަން ކުުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ ވީޑިއޯއިން ވެމްކޯ ޔުނިފޯމްގައި ހުރި މީހަކު ފިހާރަޔަކުން ވައްކަން ކުރާތަން ފެނެއެވެ. ވައްކަން ކޮށްފައިވާ ފިހާރަޔަކީ ހުޅުމާލޭގެ ފިހާރަޔެކެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި އޭނާ އެފިހާރައިން ދެ އެއްޗެއް ނެގުމަށް ފަހު ލައިގެން ހުރި ޖިންސުގެ ތެރެއަށް ލާތަން ފެނެއެވެ. ބެލެވޭގޮތުގައި އެއީ ރީތިވުމަށް ބޭނުން ކުރާ ސާމާނެވެ. އެއްޗެހި ނެގުމަށް ފަހު ފިހާރަ ތެރޭ ހަރުތަކަށް ބަލަމުން އޭނާ ހިންގާލާތަން ފެނެއެވެ.

ވައްކަން ކުރާ މީހާ ލައިގެން ހުރީ ވެމްކޯގެ ޔުނީފޯމެކެ އެވެ. މިކަމާ ގުޅިގެން ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް ސީއެންއެމްއަށް ވިދާޅުވީ އެމައްސަލަ ބަލަމުން ދާކަމަށްށެވެ. 

އާޒިމް އިތުރަށް ވިދާޅުވީ މާސްކް އަޅާފައި ހުރުމުން އެއީ ވެމްކޯގެ މުއައްޒަފެއްކަން މިހާތަނަށް ޔަގީންކުރެވިފައި ނުވާކަމަށްށާއި އެކަން ވެރިފައި ކުރުމުގެ ކުރަމުން އަންނަ ކަމަށްށެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް