ads
އިލެކްޝަން
ނުވަ ރަށެއްގައި އަންހެނުންގެ ކޮމިޓީގެ އިންތިހާބު އޮގަސްޓުމަހު ބާއްވަނީ
ނުވަ ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު މިއަންނަ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުން ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަދި ލ. މާބައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން މިއަންނަ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށެވެ. 

މި އިންތިހާބު ބާއްވަން ނިންމާފައިވަނީ ހދ. ނޮޅިވަރަމު، ހދ. ނޭކުރެންދޫ، ބ. ފުޅަދޫ، ކ. ދިއްފުށީ، އއ. ފެރިދޫ، ވ. ރަކީދޫ، މ. ރަތްމަންދޫ، ނ. މަގޫދޫ އަދި ލ. މާބައިދޫގައި އެވެ.

އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޮގަސްޓް 07 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 15:00 އަށްކަމަށާއި ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 އޮގަސްޓް 10 ވާ އަންގާރަ ދުވަހުންކަމަށް އިލެކްޝަންސް ކޮމިޝަން އިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް  އެ ފުރުސަތު، 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 9:30 ން ފެށިގެން، 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހު 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ކަމަށް އިލްކެޝަންސް ކޮމިޝަންއިން އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް