ads
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު--
ދިވެހިންގެ ވިސްނުން އަދިވެސް ހުރީ ނޮވެންބަރު ތިނެއްގެ ހާލަތުގައި: އާމިރު
ދިވެހިންގެ ސިކުނޑީގައި އަދިވެސް ހުރީ ނޮވެންބަރު ތިނެއްގެ ވިސްނުން ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާ ގުޅިގެން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އާމިރު ވިދާޅުވީ މިފަދަ މައްސަލަތައް ކުރިމަތިވަނީ މުޅި ދައުލަތް ފެއިލްވެފައި އޮތުމުން ކަމަށެވެ. 

އެގޮތުން ދައުލަތް ފެއިލްވެފައިވާ ކަމަށް ވިދާޅުވާން ޖެހެނީ ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވީހިނދު ރާއްޖޭގެ ގާނޫނު އަސާސީގައި އަސާސީ ހައްގުތަކުގެ ބާބުގައި އިސްލާމީ އުސޫލުތަކާ ހިލާފު އެތައް އަސާސްތަކެއް ވާތީ ކަމަށް އާމިރު ފާހަގަކުރެއްވިއެވެ.

އާމިރު ވިދާޅުވީ ރާއްޖޭގައި މި ބާވަތުގެ އަމަލުތައް ތަކުރާރުވާ މައިގަނޑު ސަބަބަކީ އަދިވެސް ދިވެހިންގެ ސިކުނޑީގައި ނޮވެމްބަރު ތިނެއްގެ ހާލަތުގައި ކަމަށްވާތީ ކަމަށެވެ. އަދި ނޮވެމްބަރު ތިނެއްގެ ހާލަތޭ ބުނެވެނީ ބަޑި ތަޅައިގަތީމާ ނޫނީ އެ ބަޑީގައި ވަޒަން ހުންނަން ޖެހޭ ކަމަށް ދިވެހިން ގަބޫލު ނުކުރިކަމަށާއި އޭގެ ކުރިން ދެކުނީ އެއީ ރަމްޒީ އެއްޗެއްގެ ގޮތުގައި ކަމަށް އާމިރު ވިދާޅުވި އެވެ.

އަދި ކުޑަކުއްޖާ މަރުވި ވާހަކަ ވެސް މަޖިލީހުގައި ކިތަންމެ ގަދަޔަށް ދެކެވުނަސް، ތިން ދުވަސް ތެރޭގައި އެ ވާހަކަތައް ހުއްޓޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވަނީ ދައުލަތުގެ ލެވެލްގައި މި ފަދަ މައްސަލަތައް ހައްލުކުރުމުގެ ނިޔަތް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިކަންކަން ހުއްޓުވަން ހުރި ބައެއް ގާނޫނުތައް މިހާތަނަށް ތަންފީޒު ނުކުރެވޭ ކަން ވެސް ފާހަގަކުރެއްވިއެވެ.

"އާންމު އިޖުތިމާއީ މިންގަޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު މި ދިވެހި ރާއްޖޭގައި ތަންފީޒުކުރެވިއްޖެނަމަ، އެއްވެސް މީހަކަށް ކުދި ދަރިން ގޮވައިގެން މަގުމަތީ އުޅުމުގެ އެއްވެސް ހުރަހެއް ތުރާލެއް އޮތް ގާނޫނެއް ނޫން،" އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަންސެޓު ގާނޫނު ތަންފީޒުކުރުމުގައި ވެސް މިކަންކަމަށް ބެލުނު ނަމަވެސް، ސިޔާސީ މީހުންނަށް ހުރި ކަންބޮޑުވުންތަކާ ފުލުހުން ގޯސްކޮށް އަމަލުކުރީމާ ކަންތައް ކުރެވޭނެ ގޮތް ގާނޫނުގައި ނެތުމުގެ ސަބަބުން، ސަންސެޓު ގާނޫނު ތަންފީޒުކުރެވިގެން ދިޔަ ކަމަށް އާމިރު ފާހަގަކުރެއްވިއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް