ads
މާލޭ ޖަލުގައި ހުރި މީހަކަށް އަނިޔާކޮށްފި، މައްސަލަ ކޮމިޝަނަށް ހުށަހަޅަނީ
މާލޭ ޖަލުގައި ހުރި ކްލައިންޓަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅުމަށް ނިންމާފައިވާކަމަށް ލޯޔަރު އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.
މާލޭ ޖަލުގައި ހުރި ކްލައިންޓަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅުމަށް ނިންމާފައިވާކަމަށް ލޯޔަރު އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

ސީއެންއެމްއާއި މިއަދު ވާހަކަ ދައްްކަވަމުން ހަސީން ވިދާޅުވީ މާލޭ ޖަލުގައި ހުރީ އޭނާގެ ކްލައިންޓު، ޒިހާން އިސްމާއިލް އަށް އަނިޔާކޮށްފައިވާކަން އޭނާގެ މުވައްކިލުގެ ފަރާތުން ލިބިފައިވާކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާނަން. އެޗްއާރު ސީއެމްއަށް ހުށަހެޅުމަށްވެސް މަސައްކަތް ދަނީ ކުރިއަށް،" ހަސީން ވިދާޅުވިއެވެ.

ހާސީން ވިދާޅުވީ އޭނާގެ ކްލައިންޓުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އެބައޮތްކަމަށެވެ. އަދި ލިބުނު އަނިޔާގެ ތަފްސީލު ކްލައިންޓާއި ބައްދަލުވުމުން ލިބޭނެކަމަށެވެ.

މާލޭ ޖަލުގައި ގައިދީން ހަޅުތާލު ކުރާތާ 48 ގަޑިއިރު ވެފައިވާކަން ސީއެންއެމް އަށް ވަނީ އެނގިފައެވެ.

އަދި އެމީހުން ހަޅުތާލު ކުރަމުން އަންނަނީ މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންކަމަށް މައުލޫމާތު ދީފައިވެއެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ، ގައިދީންނާއި ޖަލު އޮފިސަރުންނާއި ދެމެދު ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އެހެން ނަމަވެސް އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެފައިވަނީ، ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވުމުން ބަންދު މީހުން ހުރަސް އެޅިކަމަށާއި، އެހިސާބުން ކަރެކްޝަނަލް ސާވިސުން ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނާއި ކަރެކްޝަންސް އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. މިފަދަ މައްސަލަތައް ހިނގާފައިވަނީ ޖަލުގެ ހިދުމަތްތައް ދަށްވެ ގައިދީންގެ ހައްގުތައް ކަށަވަރުނުކުރެވޭތީ ކަމަށް ބައެއް ގައިދީންގެ އާއިލާތަކުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް