ads
އިއްޔެ 600އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކުރި
މިދިޔަ އަންގާރަ ދުވަހު 600އަށް ވުރެ ގިނަ މީހުން ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ، 184،865 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެގޮތުން މިމަހުގެ 22 ވީ ބުދަ ދުވަހު މުޅި ރާއްޖެއިން 653 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ،  މާލޭ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 199 މީހަކާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކުރި 454މީހެކެވެ. 

ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ގޮތަށް ބަލާއިރު، މުޅި ރާއްޖެއިން 223 މީހަކު އަލަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 98 މީހަކާއި އަތޮޅުތަކުން އަލަށް ވެކްސިން ޖެހި 125 މީހެކެވެ. 

މިއާއެކު މުޅި ޖުމްލަ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ، 315،620އަށް އަރާފައެވެ. 

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭ 172 މީހަކު ވަނީ ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން 66 މީހަކާއި، އަތޮޅުތަކުން 96 މީހެއްގެ އިތުރުން، ރިސޯޓުތަކުން 10 މީހެކެވެ. 

މިއާއެކު މުޅި ޖުމުލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 72،466 އަރާފައިވާއިރު، މިވަގުތުވެސް ކޮވިޑަށް ޕޮޒިޓިވް ޖުމްލަ 4،523 މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 41 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ކަމަށް އެޗްޕީއޭއިން ބުނެއެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް