ads
އިސްލާމީ މަރުކަޒުގައި މީގެކުރިން ކުރި ހުކުރު ނަމާދެއްގެ ތެރެއިން--
ބައެއް މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފި
މާލޭގެ ބައެއް މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފިއެވެ.

މިއަދުގެ ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފައިވަނީ މާލޭ ގެ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން އެހެން ބައެއް މިސްކިތް ތަކުގައިއެވެ. މި ހުރިހާ މިސްކިތްތަކުގައި ކުރި ހުކުރު ނަމާދުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއްވަނީ ލިބޭ ގޮތް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެހެންކަމުން ފުލުހުން ފިޔަވަޅު އެޅިކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ.

ކޮވިޑުގެ ކޭސްތައް ގިނަވެ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މަހު 26 ގަ އެވެ. 

ނަމަވެސް މިސްކިތްތައް ބަންދުކޮށްގެން، ގިނަ ބަޔަކު ފާޑު ކިޔަން ފެށުމާ އެކު، މި މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް އަލުން ހުޅުވަން ހުއްދަ ދިނެވެ. އެކަމަކު އެ ހުއްދަ ދިނީ ޖަމާއަތް ނުހަދައި ވަކިން ނަމާދު ކުރާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް