ads
ޓޫރިސަމް މިނިސްޓްރީން ރިސޯޓް ތަރަށްގީ ކުރުމަށް ހުޅުވާލި ރަށެއް
ފަތުރުވެރިކަމަށް ހުޅުވާލި 7 ރަށަކަށް 13 ބީލަން ހުށައަޅައިފި
ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެތެރެއިން ހަތް ރަށަކަށް ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ. ޖުމްލަ ހަތް އަތޮޅެއްގެ 16 ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލީ މިދިޔަ އޭޕްރީލްމަހުގެ ކުރީކޮޅުއެވެ. 

އެމިނިސްޓްރީއިން ހުޅުވާލި ހަތް ރަށަކީ ހއ.ވެލިފިނޮޅު، މ.ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު، ތ.ކާއްޑޫ، ތ.އޮޅުފުށި އަދި އޮޅުފުށި ފިނޮޅު، ލ.ބޮޑުމުންޏަފުށި، ގއ.ފުނަދޫވިލިގިއްޔާ އަދި ގދ.ކަނޑަހަލަގަލައެވެ.

ހުށަހެޅި 13 ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ ބޮޑު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ބީލަން ހުށަހަޅާފައިވާއިރު، ބާކީ ހުރި ރަށްތަކާމެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް އެސެސްމަންޓެއް ހެދުމަށް އެމިނިސްޓްރީންވަނީ ނިންމާފައެވެ. އަދި އެއަށްފަހު އެރަށްތަށް އަލުން ބިޑަށް ލުމާމެދު އެމިނިސްޓްރީން ގޮތެއް ނިންމާނެއެވެ.  

މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް