ads
ނިއުމާ---ފޮޓޯ:ދޯ މެގަޒިން
ނިއުމާ ނެތިއްޔާ ފިލްމު ނުބަލާނަމޭވެސް މީހުން ބުނި: ނިއުމާ
ބަތަލާ ނިއުމާ މުހައްމަދު އަކީ އޭނާގެ ދިގު ފިލްމީ ހަޔާތުގައި ގިނަ ބައެއްގެ ސަޕޯޓާއި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ފިލްމުތަކަށް ބަލައިލާއިރު "ޔޫސުފް" އާއި "ނިއުމާ" އަކީ ގިނަ ބައެއްގެ ސަމާލުކަމާއި ތަރުހީބު ލިބިގެންދިޔަ ދެ ފިލްމެވެ.

ނިއުމާ މިހާރު އެކްޓިންގެ ދާއިރާއާ ދުރަށް ގޮސްފައިވާއިރު މިއީ އޭނާގެ ފޭނުންނަށް ހިތާމަވެރި ހަބަރެކެވެ. އެގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ނިއުމާ ވެސް ވަނީ ބައެއް ފަހަރު ފިލްމު ކުޅުން މަތިން "މިސްވާ" ކަމަށާއި ފިލްމު ނުކުޅެވޭތީ ދެރަވާ ކަމަށް ބުނެފައެވެ.

ނިއުމާ ބުނީ ފިލްމު ކުޅުން ހުއްޓާލި ނަމަވެސް އަލުން ފިލްމީ ދާއިރާއާ ގުޅުމަށް ބައެއް ސަޕޯޓަރުންގެ ފަރާތުން ރިކުއެސްޓް އަންނަ ކަމަށާއި، ނިއުމާ ފިލްމު ކުޅުން ހުއްޓާލުމުން ދެން ދިވެހި ފިލްމު ނުބަލާނެ ކަމަށްވެސް ބައެއް މީހުން ބުނި ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން އަސްލު އަޅުގަނޑަށް ވަރަށް ބޮޑަށް ރިކުއެސްޓް ކުރޭ. ބައެއް ބޭފުޅުން ބުނޭ ދެން ނިއުމާ ފިލްމުކުޅުން ހުއްޓާލީމަ ދިވެހި ފިލްމެއްވެސް ނުބަލާނަމޭ. ހަމަ މަގުމަތިންވެސް ވަރަށް ގިނައިން ދިމާވެގެންވެސް އަޅުގަނޑަށް އެކަހަލަ ކޮމެންޓްސް ކުރޭ ބޭފުޅުން." ނިއުމާ

ނިއުމާ އެކްޓު ކުރަންފެށީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައެވެ. ނިއުމާ އެންމެ ފުރަތަމަ "ތަޖުރިބާ" ކިޔާ ޑްރާމާއަކުން ދިވެހިންނަށް ފެނިގެންގޮސްފައިވަނީ 1994 ވަނަ އަހަރުއެވެ. ނިއުމާ އެންމެ ފަހުން ކުޅުނީ އޭނާ އަމިއްލައަށް ޑައިރެކްޓުކޮށްފައިވާ ފިލްމު "ނިވައިރޯޅި" އެވެ. އެއަށްފަހު އޭނާ ފިލްމީ ދާއިރާއާ ދުރަށް ދިޔައީ ދަރިފުޅަށް ވަގުތު ދޭންވެގެން ކަމަށް ނިއުމާ ވަނީ ބުނެފައެވެ. މިހާރު ނިއުމާގެ އުމުރަކީ 43 އަހަރެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް