ads
ޝާހުރުކް ޙާން
ޝާހުރުކްހާން ފުރަތަމަ އަދާކުރީ ކޮން ވަޒީފާއެއްކަން އެނގޭތަ؟
ބޮލީވޫޑް ގެ ރަސްގެފާނު "ކިންގް ހާން" ގެ ނަމުން މަޝްހޫރު، ޝާހުރުކް ހާން އެންމެ ފުރަތަމަ އަދާކޮއްފައިވަނީ ވަރަށް އާދައިގެ ވަޒީފާއެކެވެ.

ޝާހުރުކް އަކީ ބޮލީވުޑްގެ މިހާރު އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ފާހަގަ ކޮއްލެވޭ ތަރިއެކެވެ. އެކްޓްކުރަން ފެށުމުގެ ކުރިން ޝާހުރްކް އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ، މަޝްހޫރު ލަވަކިޔުންތެރިޔާ ޕަންކަޖް އުދާސްގެ ކޮންސެޓްގައި މީހުނަށް ސީޓް ދައްކައިދޭން ހުންނަ މީހާގެ ވަޒީފާއެވެ.

އަދި މި ވަޒީފާއިން މުސާރައިގެ ގޮތުގައި ލިބިފައިވަނީ 50 ރުޕީސް އެވެ. މި 50 ރުޕީސް ޝާހުރުކް ހަރަދުކޮއްފައިވަނީ ތާޖް މެހެލް ބަލަން ދާން ޓިކެޓް ގަތުމުގައިކަށް ޝާހުރުކް ވަނީ މީގެ ކުރިން ހާމަކޮއްފައެވެ.

ޝާހުރުކް އެންމެ ފުރަތަމަ ބޮލީވުޑަށް ތާރަފްވެގެން ދިޔައީ 1992 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދީވާނާ" އިންނެވެ.

your imageފިލްމް "ދީވާނާ" ގެ ޕޯސްޓަރު 

ފިލްމް "ދީވާނާ" އަށް ފަހު "ބާޒީގަރު"، "ޑަރް" ފަދަ ކާމިޔާބު އެތައް ފިލްމެއް ޝާހުރުކް ވަނީ ކުޅެފައެވެ. ފިލްމީ ދާއިރާގައި 29 އަހަރު ޝާހުރުކް ހޭދަކޮއްފައިވާއިރު، މިހާރުވެސް ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރަކީ ޝާހުރުކް އެވެ. 

ޝާހުރުކް މިހާރު ކުރަމުން ދަނީ ފިލްމް "ޕަޓާން"ގެ މަސައްކަތެވެ. "ޕަޓާން" ގެ ޝޫޓިންގެ ބޮޑުބައެއް މިހާރުވަނީ  ނިމިފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް