ads
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތްތައް ދޭ ވަގުތަށް ބަދަލު ގެނެސްފި
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި 27 ޖޫން އިން ފެށިގެން 1 ޖުލައި 2021 އާ ހަމައަށް ބޭންކުގެ މަސައްކަތްކުރާ ވަގުތު ތަކަށް ބަދަލު ގެނެސްފިއެވެ.

ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް މި މުއްދަތުގައި ބަންދުވާނެއެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަ ސަރވިސް ސެންޓަރު ހުޅުވުމަށްހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށްހުޅުވިފައި ހުންނާނެއެވެ. މީގެ އިތުރުން ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ކާޑު ދޫކުރަންވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުއްދަ ލިބިފައިވާ ފަރާތަކަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބެނޭކަމަށް ވެސް ބޭންކުން މައުލޫމާތުދެއެވެ. އެގޮތުން އާންމުން މީހެއްގެ އެކައުންޓަކަށް 100000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500000 ރުފިޔާ ޖަމާ ކުރެވޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ. 

ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ( ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ. ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

އިތުރު މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް ގެ ވެބްސައިޓުން ލިބިގެންދާނެކަމަށް ބޭންކުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް