ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
މިއަހަރުގެ މިހާތަނަށް ބައިމިލިއަނެއްހާ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫއަރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 500،406 ފަތުރުވެރިން ދިވެހި ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މާޗު މަހުކަމަށާއި އެމަހު ލައްކަ އަކަށް ވުރެން ގިނަ މީހުން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަަމަށް އޭގައި ބުނެފައިވެއެވެ. ނަމަވެސް މި ދުވަސްކޮޅު ރާއްޖެ ޒިޔާރަތް ކުރާ މީހުން ގެ އަދަދު ދަށްވެފައިވާ ސަބަބަކީ މިއީ އޮފް ސީޒަނަށް ވެފައި ކޮވިޑް ގެ ސަބަބުން ރާއްޖެ އަށް އެންމެ ގިނައިން ޒިޔާރަތް ކުރާ އިންޑިޔާ ފަތުރުވެރިން އައުން މަޑު ޖައްސާލާފައި ވާތީއެވެ. 

މީގެ އިތުރުން ކޮވިޑް ގެ ސަބަބުން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދު ކޮއްފައި ވުމާއި ރާއްޖޭ ގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައި ވުމުން ރާއްޖެ އަންނަ ފަތުރުވެރިން ގެ އަދަދު މަދުވެގެން ގޮސްފައި ވެއެވެ. 

މިއަހަރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާ ގެ ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާތަނަށް 120،514 ރަޝިޔާގެ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.  މީގެ އިތުރުން އިންޑިޔާ ގެ 89599 ފަތުރުވެރިން، ޖަރުމަނު ވިލާތުގެ 27151 ފަތުރުވެރިން، ޔޫކްރޭނުން 24203 ފަތުރުވެރިން އަދި އެމެރިކާ ގެ 18505 ފަތުރުވެރިން ރާއްޖެއަށް މިއަހަރު ތެރޭ ޒިޔާރަތް ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

މިދިޔަ އަހަރު 555،494 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއިރު 2019 ވަނަ އަހަރު 1،702،887 ޒިޔާރަތް ކޮށްފައިވާކަމަށް އެ ހިސާބުތަކުން ދައްކައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް