ads
މިނީޝާ ލަމްބާ
އެކްޓަރަކާ ލޯބީގެ ގޮތުން ގުޅުމުން ދިނީ ލަނޑު: މިނީޝާ ލަމްބާ
ދާދިފަހުން މިނީޝާ ލަމްބާގެ އިންޓަވިއު އެއްގައި މިނީޝާ ބުނީ ކުރިން އެކްޓަރަކާއި ލޯބީގެ ގޮތުން ގުޅުނު ކަމަށެވެ. އެހެންނަމަވެސް ދިނީ ލަނޑެއްކަމަށެވެ.

2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޔަހާން" އިން ބޮލީވުޑަށް ތާރަފްވެގެންދިޔަ ބޮތޮލާ މިނީޝާ މިހާރު ފިލްމީ ދާއިރާއާ ދުރަށް ގޮސްފައިވާއިރު، މިނީޝާ އަށް ބޮލީވުޑް ގައި މާ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ފިލްމް "ޔަހާން" ގެ އިތުރުން "ބަޗްނާ އޭ ހަސީނޯ" ފަދަ ފިލްމް ތަކުން މިނީޝާާ ފެނިގެންގޮސްފައިވެއެވެ. އަދި 2014 ވަނަ އަހަރު ބިގް ބޮސް 8 ގައިވެސް މިނީޝާ ވަނީ ބައިވެރިވެފައެވެ. 

your imageމިނީޝާ، ބިގް ބޮސް 8 ގެ ތެރެއިން

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިނީޝާ ވަނީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ގިނަ ވާހަކަތަކައެއް ހިއްސާ ކޮއްފައެވެ. އެގޮތުން 2015 ވަނަ އަހަރު މިނީޝާ ކައިވެނި ކޮއްފައިވާއިރު އެ ކައިވެނި ވަނީ 2020 ވަނަ އަހަރު ރޫޅިފަކަންވެސް މިނީޝާ ވަނީ ހާމަކޮއްފައެވެ. އަދި މި އިންޓަވިއުގައި ރޭޑިޔޯ ހޯސްޓް އާރުޖޭ ސިދާތު ކަންނާ ވަނީ ދުވަހަކުވެސް އެކްޓަރަކާ ލޯބީގެ ގޮތުން ގުޅި، އެ އެކްޓަރު ބޭވަފާތެރި ވެފަވޭތޯ ސުވާލު ކޮއްފައެވެ. މި ސުވާލަށް ޖަވާބު ދެމުން މިނީޝާ ބުނީ ކުރިން ބޮލީވުޑްގެ އެކްޓަރަކާ ލޯބީގެ ގޮތުން ގުޅުނުކަމަށެވެ. އަދި އެ އެކްޓަރު ދިނީ ލަނޑެއްކަމަށެވެ. 

އެ އެކްޓަރުގެ ނަން މިނީޝާ ހާމަ ކޮއްފައި ނުވީ ނަމަވެސް އޭނާ ބުނެފައިވަނީ އެ އެކްޓަރު މިނީޝާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެހެން އަންހެން ކުއްޖެއް ކައިރިޔައް ގޮސް މިނީޝާ އަށް ބޭވަފާތެރިވެފައި ވާކަމަށެވެ. އަދި މި ނޫނަސް ގިނަ އަންހެން ކުދިންނާ ފްލާޓް ކުރާ އެކްޓަރެއްކަން މިނީޝާ ވަނީ ފާހަގަކޮއްފައެވެ. އޭގެ ފަހުން ފިލްމީ ދާއިރާގެ މީހަކާ ލޯބީގެ ގޮތުން ގުޅެން ބޭނުންނުވި ސަބަބަކީވެސް އެއީކަމަށް މިނީޝާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ހުރިހާ އެކްޓަރުން ނުވަތަ ފިލްމީ ދާއިރާއަށް ނިސްބަތްވާ މީހުންނަކީ ބޭވަފާތެރިން ނޫންކަންވެސް މިނީޝާ ފާހަގަ ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް