ads
ވެބްސައިޓް ބޭން ކުރަނީ
މިސްރުގާ ބަރަހަނާ ސައިޓުތައް ބްލޮކް ކުރަނީ
ޒުވާނުން ބަރަހަނާ ވެބްސައިޓްތަކަށް ދެވިހިފާފައިވާތީ އެއީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް، އެފަދަ ވެބްސައިޓްތައް ބްލޮކް ކުރަން މިސްރުގެ އިސް އޮފިޝަލަކު އެދިއްޖެއެވެ.

މިސްރުގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ އިކޮނޮމިކް އެފެއާރޒް ކޮމެޓީގެ ސެކެރެޓަރީ އަހުމަދު ޑިއާބް ވަނީ އެކަން ހުއްޓުވުމަށް އެދި އެމަޖިލީހުގެ ރައީސް ހަނަފީ ގެބެލީއަށް ހުށަހަޅާފައެވެ. އަދި އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ އަރިހުންވެސް އެ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަށް އެދިފައި ވެއެވެ.

ޑިއާބް ބުނެފައި ވަނީ، އެފަދަ ވެބްސައިޓްތަކުގެ ސަބަބުން ޒުވާނުންގެ ވިސްނުން ހަލާކުވެ، އާއިލާތައް ހަލާކުވާ ކަމަށެވެ. އަދި މިފަދަ ވެބްސައިޓްތަކަކީ ދީނާ ހިލާފު ވެބްސައިޓްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ވަނީ މިފަދަ ވެބްސައިޓްތައް އަރަބި ބައެއް ގައުމުތަކުގައި ބްލޮކް ކޮށްފައިވަނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.

އަދި އެފަދަ ވެބްސައިޓްތައް ބެލުމަށް ދެވިހިފާފައި ތިބޭ މީހުން އެކަން ކުރާކަން އެއްބަސްވާން ލަދު ގަންނަ ކަމަށާއި، އެކަމަށް ފަރުވާ ހޯދަންވެސް ޖެހިލުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ އެފަދަ ވެބްސައިޓްތަކަކީ ވަގުތު ފާއިތު ކުރުމަށް ބަލާ އެއްޗެއް ނޫން ކަމަަށާއި، އެއީ ސީރިއަސް ފަރުވާއެއް ބޭނުންވާ ބައްޔެއް ކަމަށް ބުނެފައެވެ.

އަދިި އެއީީ ޒުވާނުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް