ads
ޑީޖޭއޭ
ކުޑަކުދިންގެ ކުށުގެ ރެކޯޑު އަމިއްލަ ފަރާތްތަކަށް ދުލެއް ނުކުރާނެ
18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑު އަމިއްލަ ފަރާތްތަކަށް ދޫ ނުކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކިއެކި ކަންކަމާއި ގުޅިގެން ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން، އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑު ސާފުކުރުމަށް އެ ޑިޕާޓްމަންޓަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.

އެހެންނަމަވެސް ކުޑަކުދިން ކުރާ ކުށްތަކުގެ ރެކޯޑު ބަލަހައްޓަންވާނީ ސިއްރުގޮތުގައި އަދި ތިންވަނަ ފަރާތަކަށް ނުލިބޭ ގޮތަށް ކަމަށާއި، އެފަދަ ރެކޯޑުތަކަށް ވާސިލްވެވޭނީ ކޯޓު އަމުރަކުން ހުއްދަލިބިގެން ކުއްޖާގެ މައްސަލަ ބަލާ ފަރާތަށާއި ކަނޑައެޅިގެން އެކަމަށް ހުއްދަކުރެވޭ އެހެން ފަރާތަކަށް ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނު ގައި ބަޔާންކޮށްފައިވާތީ އާއި، އެއްވެސް މީހެއްގެ މައްޗަށް އުފުލޭ ދައުވާއެއްގައި، އޭނާގެ ކުޑައިރުގެ ރެކޯޑު އެނާއާ ދެކޮޅަށް ބޭނުންކޮށްގެން ނުވާނެކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، 18 އަހަރު ނުފުރޭ ކުދިންގެ ރެކޯޑު އަމިއްލަ ފަރާތްތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް، 18 އަހަރު ފުރުމުގެ ކުރިން ކުޑަކުއްޖަކު ކޮށްފައިވާ ކުށަކާ ގުޅިގެން ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމެއް، ނުވަތަ ޖުވެނައިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ޖުވެނައިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ރެކޯޑު، ދައުލަތުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެގެން ހުށަހަޅައިފިނަމަ ރެކޯޑު ބޭނުންވި ސަބަބުތަކަށް ރިއާޔަތްކޮށް ކޮންމެހެން ހާމަކުރަންޖެހޭ ރެކޯޑު ޖުވެނައިލް ކޯޓުން ހުއްދަކުރާމިންވަރަށް ދޫކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމުގައި ކުއްޖަކު ބައިވެރިކުރުމަށް ކުށުގެ ރެކޯޑު ސާފުކުރުމަށް ބޭނުންވެގެން، ފަރުވާދޭ މަރުކަޒުން ޑީޖޭއޭ ގައި އެދުމުން އެފަދަ ފަރާތްތަކުގެ ރެކޯޑު އެއިދާރާއަށް ދޫކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް