ads
އެޑިއުކޭޝަން މިނިސްޓަރު--
ސެޓްލައިޓް ސްކޫލް ގާއިމްކުރުމަށް ބޭނުންވާ ޓެބްލެޓް ހޯދަނީ
ސެޓްލައިޓް ސުކޫލު ގާއިމުންކުރުމަށް ބޭނުންވާ 72 ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށްވެސް ވަނީ އެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 3000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް