ads
އިލްމުވެރިންގެ ގުޅުން---ފޮޓޯ: ވަން އޮންލައިން
ދީނީ އިލްމުވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައިފި
ދީނީ އިލްމުވެރިންނަށް ބިރުދައްކައި، އެބޭފުޅުންގެ ޝަރުއީ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅުމަށް އިލްމުވެރިންގެ ގުޅުމުން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  މަކަރުވެރިކަމާއި ހީލަންތެރި ކަމުގެ ތެރެއިން ސެކިއުލަރިޒަމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށް، ނަފްރަތުގެ އަމަލު ހިންގުން ހުއްޓުވުމުގެ ނަމުގައި"ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ ބިލާ މެދު އާންމު އެތައް ހާސް ރައްޔިތުންނަކާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނެއް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންކަމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި، ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދުސްތޫރީ މާނައާއި އޭގެ އެކިއެކި މާއްދާތަކާ ހިލާފަށް، ދީނީ އިލްމުވެރިންގެ ބަލަދުވެރިޔާ ކަމުގައިވާ އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތި ބައެއް މުއައްސަސާތަކުން އިސްވެ، ރާއްޖޭގެ ދީނީ އިލްމުވެރިން މީސްމީޑިއާގައި ދެއްވާ އާންމު ނަސޭހަތާއި އެބޭފުޅުން ދައްކަވާ ވާހަކަފުޅުތާ ގުޅުވައިގެން ފިޔަވަޅު އަޅަން ގޮވުމާއި، އަނެއްބައި މުއައްސަސާތަކުން ސުވާލުކޮށް ބިރުދެއްކުމުގެ މާނަގައި ހިމެނޭ އެންމެހާ އަމަލުތަކެއް، މިހާރުން މިހާރަށް ވަގުތުން ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ފަދައިން ، އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާގޮތަށް ފާޅުކުރެވޭ ހިޔާލުފާޅުކުރުންތައް ހުއްޓުވައި އޭގެ އިންތައް ހަނިކުރުމާއި ބިރުދެއްކުމަކީ މީގެ ކުރިންވެސް މުޖުތަމައުގައި ފަސާދައާއި ނަފުރަތު އުފެދި ދިވެހި ރައްޔިތުންނަށް ނުތަނަވަސްކަން ގެނުވި ކަންކަން ކަމުގައި އެ ބަޔާނުގައި ވަނީ ސަރުކާރާއި މަޖިލީހަށް ހަނދާންކޮށްދީފައެވެ. އަދި އެފަދަ ހާލަތަކަށް ރާއްޖެ ވައްޓައި ނުލުމަށް ނަސޭހަތްތެރިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބިލާ ކަންބޮޑުވާ ފަރާތްތައް ކަމަށް ބަޔާނުގައި ބުނެފައިވާ ފަރާތްތައް

  1. އިސްލާމިކް މިނިސްޓްރީ
  2. ފަތުވާ މަޖިލިސް
  3. އަދާލަތު ޕާޓީ
  4. ޕްރޮގްރެސިވް ކޯލިޝަން
  5. އެމްޑީއޭ
  6. ޖުމްހޫރީ ޕާޓީ
  7. ހިއުމަން ރައިޓްސް ކޮމިޝަން
  8. 106 އަށްވުރެ ގިނަ މަދަނީ ޖަމިއްޔާ
  9. 101 އަށް ވުރެ ގިނަ ދީނީ އިލްމުވެރިން
  10. އެތަކެއް އެމްޑީޕީގެ ޕާލިމެންޓުގެ މެންބަރުން
  11. 100 އަށްވުރެ ގިނަ ރަށު ކައުންސިލް
  12. 500 އަށްވުރެ ގިނަ ކައުންސިލަރުން
  13. 8000 އަށް ވުރެ ގިނަ ރައްޔިތުންގެ އޮންލައިން ޕެޓިޝަން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް