ads
ޕީޕީއެމް ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން
ގިނަބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް ގޮވާލުމުން އިދިކޮޅުން ކަންބޮޑުވެއްޖެ
ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލުމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ، ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެކޯލިޝަނުން ދެކޭ ކަމަށެވެ. 

އަދި އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާޢީ  އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާއާއި 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާ އެކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާކަމަށް ބުނެފައިވެއެވެ. 

އެ ކޯލިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ، ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް އެކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ޚިލާފުކަމެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. 

އެހެންކަމުން ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރަށް ގޮވާލާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. 

"އެމްޑީޕީ ހަރުގެ ކްލަބް ހައުސް" ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމަށް ދިމާވެގެން އުޅެނީ ކުޑަކަމެއް ނޫންކަމަށާއި، ކުއްލިއަކަށް ވަރަށް ގިނަ ބަޔަކު ހިފާ ހައްޔަރުކޮށްގެން ގައުމަށް ދިމާވާން އުޅޭ އެކަމުން އަރާގަންނަން ޖެހޭކަމަށެވެ. 

ރައީސް ނަޝީދުވަނީ އެކަމަކީ ރާއްޖެއަށް ދިމާވާން އުޅޭކަމެއް ކަމަށް ވަރަށް ޔަގީންކަމާއިއެކު ވިދާޅުވެފައެވެ. އަދި އެއީ އެމަނިކުފާނު ހަމަ ދައްކާލި ވާހަކައަކަށް ނުހަދާ ވަރަށް ބޮޑަށް ސަރުކާރުންވެސް އެކަމާއި ވިސްނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރން ރައީސް ނަޝީދު ވަނީ ގައުމު ސަލާމަތްކުރުމަށް ރައީސް އިބްރާހިމް މުަހައްމަދު ސޯލިހްވެސް ނިކުންނަވަންޖެހޭ ވަގުތު އައިސްފިކަމަށް ވިދާޅުވެ، ފަހަތު ފަޔަށް ބުރަ ނުވެ އެކަން ކުރެއްވުމަށް ގޮވާލައްވާފައެވެ. 

ޖާނުން ފިދާވުުމުގެ ހަަމަލާ ރާއްޖެއަށް އަންނަން ފަށާފާނެ ކަމުގެ ބިރުއެބައޮތް ކަމަށްވެސް ރައީސް ނަޝީދު އެބައްދަލުވުމުގައި ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް