ads
އަހުމަދު ރައިހާން
އަނިޔާވެފައިވާ ކުއްޖާ އަށް އެހީ ހޯދަނީ
މ.މުލީގައި ހިލަވެލި ބަހައްޓާ ގުދަނެއްގެ ބެރިއަކާ،ޕިކަޕެއްގެ ގެގަނޑާ ދޭތެރޭ ބޯ ތާށިވެގެން އަނިޔާ ލިބުން ކުއްޖާ އަށް އެހީ ހޯދުން މ.މުލީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މ.މުލީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އަހުމަދު ރައިހާން އަށް އެހީ ވުމަށް ފަންޑު ފޮށިތަކެއް ބަހައްޓާފައިވެއެވެ. މީގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ ފައިސާ ޓްރާންސްފާ ކުރަން ބޭނުން ފަރާތްތަކަށް އެފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. 

ފައިސާ ޓްރާންސްފާ ކުރަން ބޭނުން ފަރާތްތަކުން 7709469908101 (ޝަމްއޫން ރަމީޒު) ނަމްބަރު އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު 9774475 މިނަމްބަރަށް ޓްރާންސްފާ ސްލިޕްކޮޅު ފޮނުވާލުމަށް ކައުސިލްގެ ފަރާތުން ވަނީ އެދިފައެވެ. 

ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފަންޑު ފޮށިތައް ބަހައްޓަން ނިންމާފައިވަނީ މ.މޫލީ ގެ 3 ސަރަހައްދެއްގައި ކަމަށެވެ. އެއީ އައެމް ކޯނަރ-2، ޓައިކޫން ޕްލަސް އަދި މުލީ ފުޓްސެލް ދަނޑުގައިކަމަށެވެ.

 މުލީ ފުޓްސެލް ދަނޑުގައި ބެހެއްޓޭ ފޮއްޓަށް އެހީ ދެވޭނީ ހަވީރު ހަތަރުކުން ފެށިގެން އިރުއޮއްސި ހައެއް ޖަހަން ދެން ކަމަށެވެ. ނަމަވެސް އެެހެން ފޮށިތަކަށް މިރޭ 23:59 އެހީ ލެވޭނެކަމަށެވެ. 

ހޮނިހިރު ދުވަހު ހިނގާފައިވާ މި ހާދިސާގައި އަހުމަދު ރައިހާންގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައިއެވެ. 

 ރައިހާންގެ އެންމެ ދޮށީ ބޭބެކަމަށްވާ ޝިޔާމް އަހުމަދު ސީއެންއެމް އަށް ބުނެފައިވަނީ އައިޖީއެމްއެޗް އިން ރައިހާން އަށް ފަރުވާދެވެން ނެތުމުން މިހާރު ވަނީ އޭޑީކޭ އަށް ބަދަލުކޮށްފައި ކަމަށާއި ރައިހާން ހޭއަރާފައި ހުރިނަމަވެސް މާބޮޑަކަށް ވާނުވާއެއް ރައިހާން އަށް ނޭނގޭކަމަށެވެ. މީގެ އިތުރުން މިހާރު ބޮޑީ މޫވްމަންޓެއް ގެނެސްފިނަމަ ރައިހާން ގެ އަނގައިންނާއި ނޭފަތުން އަދި ކަންފަތުންވެސް ލޭ އަންނަކަމަށް އޭނާ ފާހަގަ ކޮށްފައިއެވެ. ޝިޔާމް އިތުރަށް ބުނެފައިވަނީ ވަރަށް ބައިވަރު ޓެސްޓުތަކެއް ޑޮކްޓަރުން ހަދާފައިވާކަމަށާއި ޑޮކްޓަރުން ބުނެފައިވަނީ ބޮލުގެ ނާށިގަނޑު ނައްޓާލައިގެން ވަރަށް ބޮޑު އޮޕަރޭޝަންއެއް ކުރަން ޖެހިދާނެކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް