ads
ސައުދުﷲ--
ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފުންނަށް ބިރުނުދައްކާނެކަމުގެ ޔަގީންކަން އެބައޮތް: ސައުދުﷲ
ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފުންނަށް އެތަނުގެ މެނޭޖްމެންޓުގެ ފަރާތުން ބިރުނުދައްކާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރީޖަނަލް އެއާޕޯޓްސްގެ ޑައިރެކްޓަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓްގައި އިތުރު ގަޑީގެ ފައިސާ އާއި ބަންދުދުވަސްތަކުގެ ފައިސާ ނުލިބޭ ކަމުގެ ޝަކުވާތަކާއި، ހަމަމުސާރަ ނުލިބޭކަމުގެ ޝަކުވާވެސް މުވައްޒަފުން އަންނަނީ ކުރަމުންނެވެ. އަދި ދުވަހުގެ ރަސްމީ ގަޑި ނިމުމުން ރަށަށް ދާނެކަމަށް ދެންނެވުމުން ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު ދައްކާފައިވާ ކަމަށްވެސް މުވައްޒަފުން ބުނެއެވެ. 

މުވައްޒަފުން މަދުވުމުގެ ސަބަބުންނާއި، ވަޒީފާތައް އަދާކުރާނެ އިތުރު މުއައްޒަފުން ނެތުމުގެ ސަބަބުން އިތުރުގަޑި ތަކުގައި، ބައެއް މުވައްޒަފުން ނިކުން ނަން މަޖުބޫރުވާ ކަމަށް މުވައްޒަފު ބުނެއެވެ.

މި ޝަކުވާތަކާއި ގުޅިގެން ސީއެންއެމްގެ "ތަފްސީލް"ގައި ދެންނެވި ސުވާލުކުރުމުން ރީޖަނަލް އެއާޕޯޓްސް ޑައިރެކްޓަރުގެ ސައުދުﷲ ވިދާޅުވީ، ރިކޯޑްކުރެވިފައި އަދި ރަސްމީ ނުވަތަ ނުރަސްމީ ސިފައެއްގައިވެސް އެފދަަ މައްސަލައެއް އައިސްފާވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަަމަށެވެ. 

ސައުދުﷲ ވަނީ އެ ކުންފުނީގެ އެއްވެސް ޑިޕާޓުމެންޓަކުން މުވައްޒަފުންނަށް ބިރު ދައްކާނެކަމަށް ގަބޫލުނުުކުރެވޭކަން ފާހަގަ ކުރައްވަމުން ސައުދުﷲ ސަބަބަކަށް ވިދާޅުވީ، އެއީ ސަރުކާރުގެ ޕޮލިސީއަށް ނުވުމެވެ. 

" ސަރުކާރު އައީ މިހުރިހާ ކަމަކަށް ވަކާލާތު ކުރެވިގެން އެކަންތައްތަކާއި ދެކޮޅަށް އެހެންވީމަ، އަޅުގަނޑު ގަބޫލުކުރަނީ މި ކުންފުނީގައި ހިންގަންޖެހޭނީ ސަރުކާރުގެ ޕޮލިސީކަަމަށް އަޅުގަނޑު ދެން އެކަން މީޑިއާތަކުގެ ސަމާލުކަމަށް އައީމަ އެކަން ބަލާނަން. އަޅުގަނޑަށް ވަަރަށް ޔަގީންކަން އެބައޮތް ކުންފުނީގެ މެނޭޖްމެންޓުގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުކުރާނެކަން އިގޭތޯ" ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ، ރަސްމީ ސިފައެއްގައިވެސް އަދި ނުރަސްމީ ސިފައެއްގައިވެސް އެފަދަ ޝަކުވާއެއް އެމަނުކުފާނާއި ހަމަޔަށް އައިސްފިނަމަ އެ މައްސަލަ މެނޭޖުމެންޓާއި ހަމަޔަށް ފޮނުވައިގެން އެކަން ބަލައިދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ސީއެންއެމް އަށް މީގެ ކުރިން ބުނެފައިވާގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ކާޑެއްދޫ އެއާޕޯޓް ހިންގަން ހަވާލުކުރި ހިސާބުން ފެށިގެން އިތުރު ގަޑީގެ ފައިސާލިބިފައި ނުވެއެވެ. އަދި ހަމަ އެއާއެކު ޑެއިލީ އެލަވެންސްގެ ގޮތުގައި ދޭ 175 ރުފިޔާއިން 2 ދުވަހަށްވާ ރުފިޔާ ކޮންމެ ހަފްތާއަކު ކަނޑާކަމަށްވެސް މުވައްޒަފުން ބުނެއެވެ. 

އެކަމުގެ ޝަކުވާ މުއައްޒަފުން ހުށައެޅުމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން، މުވައްޒަފުން ގާތު، ހުކުރު ދުވަހުވެސް ވަޒީފާއަށް އަންނަ ކަމަށާއި އޮފްވެސް ނަގަން ޖެހޭނެ ނޫންތޯ ސުވާލު ކޮށްފައިވާކަމަށް އެމުވައްޒަފުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް