ads
ފޮޓޯ: މަޖިލިސް
ރައީސް ނަޝީދުގެ ބޮޑީގާޑުގެ އޮޕަރޭޝަނެއް މާދަމާ ކުރަނީ
މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި ނަޝީދުގެ ބޮޑީގާޑު އިލްހާމް އާދަމްއަށް ލިބުނު އަނިޔާއަކަށް ފަރުވާކުރުމަށް މާދަމާ އައިޖީއެމްއެޗް ގައި އޮޕަރޭޝަނެއް ކުރައްވާކަމަށް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް އެނގިފައިވާގޮތުގައި، އިލްހާމް މާދަމާ އޮޕަރޭޝަން ކުރައްވަނީ އެ ހަމަލާގައި އަތަށް ލިބުނު ގެއްލުމަށްފަހު ފަހުން ކަނދުރާ ކަށިގަނޑަށްވެސް އަނިޔާވެފައިވާކަން އެނގުމާއެކު ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. 

އެ ހަމަލާގައި ނަަޝީދުގެ ބޮޑީގާޑުގެ އަަތަށްވަނީ ހަމަލާ އަރާފައެވެ. އަދި އެފަހަރު އަތަށް ލިބުނު ގެއްލުމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާކޮށްފައިވެއެވެ. މައުލޫމާތު ލިބޭގޮތުން މާދަމާ އޮޕަރޭޝަނެއް ކުރައްވަނީ ޑިސްކު ހަލާކުވެފައިވާތީ އެވެ.

މެއި ހައެއް ވީ ބުރާސްފަތި ދުވަހު ރޭ 20:25 ހާއިރު އެއްޗެއް ގޮވާލާގެން ދިން އެ ހަމަލާގައި ރައީސް ނަޝީދު ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވި ސިފައިންގެ ބޯޑީގާޑުގެ އޮޕަރޭޝަނެއް މާދަމާ އައިޖީއެމްއެޗްގައި ކުރައްވާކަން ހާމަކުރައްވާ ނާޒިމް ވަނީ، އަވަސް ޝިފާއަކަށް ދުއާ ކުރާކަމަށް ވިދާޅުވެފައެވެ. 

ހަމަލާއާއި ގުޅިގެން މެއި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ އަހުމަދު ވަނީ ހަމަލާގައި ޒަހަމުވެގެން ރައީސް ނަޝީދު ކާރުކޮޅުގަައި ގެންދެވި ވަގުތުވެސް ނަޝީދުގެ ބޮޑީގާޑުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ޒަހަމުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ވަގުތަކީ ބޮޑީ ގާޑުންނަށްވެސް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަަމަށާއި އެހެންނަމަވެސް އެވަގުތުވެސް ނަޝީދުގެ ހާލުކޮޅު އައްސަވާ ހޮސްޕިޓަލާއި ހަމަޔަށް ރައީސް ނަޝީދު ގެންދެވި ފަރުވާދެނުމަށް ވެއްދެންދެން ބޮޑީ ގާޑުން އެބޭފުޅުންގެ ޒިންމާ އަދާކުރައްވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް