ads
ރޭސް ގެ ކުރީގެ ބައިތައް ކުޅުން ސަލްމާން އާއި ސައިފް
ރޭސް 4 މަސައްކަތް ފަށައިފި
ރޭސް ފްރެންޗައިޒް އަކީ އާންމުންގެ ތެރޭގައި ވަރަށް ވެސް މަގުބޫލު ވެފައިވާ ސީރީޒްއެކެވެ.

އެ ގޮތުން މިހާތަނަށް މި ފްރެންޗައިޒް އިން 3 ފިލްމު ނެރެފައިވާއިރު މިފިލްމުތަކަށް އާންމުންގެ ސަޕޯޓު ވެސް ވަރަށް ބޮޑަށް ވަނީ ލިބިފައިއެވެ.

މި ފިލްމުގެ ހަތަރު ވަނަ ބައެއް ހަދަން މަސައްކަތް ފަށައިފި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކް ވިލާއިން ރިޕޯޓް ކޮށްފައިވެއެވެ. އެ ރިޕޯޓުގައި ވަނީ މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. މި ފިލްމުގެ ސްކްރިޕްޓު ލިޔަމުންދަނީ ކުރީގެ 3 ފިލްމުގެ ސްކްރިޕްޓު ލިޔެފައިވާ ސިރާޒް އަހުމަދެވެ.

މި ފްރެންޗައިޒްގެ މިހާތަނަށް 3 ފިލްމު ނެރެފައިވާއިރު މި ފިލްމުގެ ފުރަތަމަ ބައިން ސައިފް އަލީ ހާން، އަކްޝޭ ކަންނާ، ކެޓްރީނާ ކެއިފް، ބިޕާޝާ ބާސޫ، ގެ އިތުރުން އަނިލް ކަޕޫރު ފެނިގެންދެއެވެ. ދެވަނަ ބައިގައި ސައިފް އަލީ ހާން އާއި އަނިލް ކަޕޫރުގެ އިތުރުން ޖޯން އަބްރާހިމް، ދިޕިކާ ޕާޑްކޯން، ޖެކިއުލިން ފެރެނާންޑޭސް ގެ އިތުރުން އަމީޝާ ޕަޓޭލް ފެނިގެންދެއެވެ. ތިން ވަނަ ފިލްމުގައި ސަލްމާން ހާން، އަނިލް ކަޕޫރު، ޖެކިއުލިން ފެރެނާންޑޭސް، ބޮބީ ޑިއޯލް އަދި ޑޭސީ ޝާހް ފެނިގެންދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް