ads
މި ފިލްމު ޕްރޮޑިއުސް ކުރާނީ އާލިއާ އާއި ޝާހް ރުކް ގުޅިގެން
އާލިޔާ "ޑާލިންސް" އަށް ތައްޔާރުވަނީ
ގަންގޫބައިގެ މަސައްކަތް ނިންމާލުމަށް ފަހު އާލިޔާ ބަޓް ޑާލިންސް އަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި ކަމަށް އިންޑިޔާ ގެ އީ ޓައިމްސް އިން ބުނެފިއެވެ.

ޝާހު ރުކް ހާން ހޯމް ޕްރޮޑަކްޝަން އިން ހަދަން ނިންމާފައިވާ މިފިލުމަށް އާލިޔާ ބަޓް ތައްޔާރުވަމުން އަަންނަކަމަށް އާލިޔާ އިއުލާނުކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައެވެ. އޭނާ ވަނީ ސްކުރިޕްޓުގެ ފޮޓޯއެއް އޭނާގެ އިންސްޓާގްރާމަށް ލާފައެވެ. 

މި ފިލްމުގައި ދައްކުވައިދެނީ މަންމައަކާއި އޭނާގެ އަންހެން ދަރިފުޅަކަށް ދިމާވާ ކަންކަމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތެވެ. މި ފިލްމުގައި ދައްކުވައި ދޭނީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މި ދެމީހުން ލޯތްބާއި އޯގާތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތެވެ. 

މިފިލްމު ވެގެން ދާނީ ޖަސްމީތް ކޭ ރީން ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމަށެވެ. އަދި އާލިޔާގެ ފުރަތަމަ ޕްރޮޑަކްޝަނަށެވެ. މި ފިލްމު ކޯ ޕްރޮޑިއުސް ކުރާނީ ޝާހު ރުކް ހާން ގެ ރެޑް ޗިލީސް އެންޓާޓެއިންމަންޓްސުންނެވެ.

މި ފިލްމުގައި އާލިއާގެ އިތުރުން ޝެފާލީ ޝާހް، ރޮސަން މެތިއު އަދި ވިޖޭ ވަރުމާވެސް ފެނިގެންދާނެއެވެ. 

އާލިޔާ އާއި ޝާހު ރުކް ހާން ވަނީ މީގެ ކުރިންވެސް އެކީގައި މަސައްކަތްކޮށްފައެވެ. އެއީ 2016 ވަނަ އަހަރުގެ "ޑިއާ ޒިންދަގީ" ގައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް