ads
ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް މީހުން އެއްވެއުޅެނީ
ވެކްސިންގެ 2 ޑޯޒް ޖެހި މީހުންގެ އަދަދު 188،788 އަށް އަރައިފި
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހި މީހުންގެ އަދަދު 188,788 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 27 ވަނަ ދުވަހު ޖުމްލަ 1288 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 236 މީހުންނާއި ދެވަނަ ޑޯޒް ޖެހި 1052 މީހުންނެވެ.

އޭގެ ތެރެއިން އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 150 މީހުންނެވެ. މާލެއިން ފުރަތަމަ ޑޯޒް ޖެހީ 86 މީހުންނެވެ. އަތޮޅުތެރެއިން 806 މީހަކު ދެ ވަނަ ޑޯޒް ޖަހާފައިވާއިރު 246 މީހަކު ވަނީ މާލެއިން ދެވަނަ ޑޯޒް ޖަހާފައެވެ.

އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 316،487 އަށް އަރާފައިވާއިރު 188,788 މީހަކު ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް