ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ޖުލައި 3 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށްފި
ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މޭ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ހުރިހާ ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމާފައިވާ މުއްދަތު އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގައި މަސައްކަތް ކުރުމަށާއި އޮންލައިކޮށް ދެވެން އޮތް ހިދުމަތެއް އޮންލައިންކޮށް ދިނުމަށް ރައީސް ވަނީ އަންގަވާފަ އެވެ. މީގެ އިތުރުން އޮފީހަށް ނިކުންނަން ޖެހޭ  ހާލަތެއްގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްފަރާތެއް ކަނޑައަޅާގޮތާއި އެއްގޮތަށް އޮފީހަށް ހާޒިރުވެ، އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މަސައްކަތް ކުރުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށްކަމުން ހުރިހާ މުވައްޒަފުންވެސް އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް އަމަލުކުރުމަށް މުވައްޒަފުންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެދިވަޑައިގެންފައެވެ. 

އަދި މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް