ads
އެސްޓްރަޒެނެކާ ވެކްސިން ފުޅި ތަކެއް---
ވެކްސިންގެ ދެވައްތަރުގެ ޑޯޒް ޖެހުމުން ދިފާއީ ބާރުގަދަވޭ: ދިރާސާ
އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒެއް ޖެހުމުން ވެކްސިންގެ ދިފާއީ ބާރު ވަރުގަދަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިގޮތަށް ދެ ވައްތަރުގެ ވެކްސިން ޖެހުމުން ކުރާ އަސަރު، އެސްޓްރެޒެނެކާގެ ދެ ޑޯޒު ޖެހުމުން ކުރާ އަސަރަށް ވުރެ ރަނގަޅެވެ. އަދި އޭގެ ސަބަބުން ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ މިންވަރު ވެސް އިތުރުވެއެވެ.

އޮކްސްފޯޑުން "ކޮމް-ކޮވް"ގެ ނަމުގައި ހެދި މިދިރާސާގައި އެސްޓްރެޒެކާ ވެކްސިނާއި ފައިޒާ ވެކްސިން އިން ދެ ވައްތަރުގެ ދެ ޑޯޒް ޖެހުމުން ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދާ މިންވަރު އިތުރުވުމުން، ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު އިތުރުކޮށްދެއެވެ.

ވެކްސިން ލިބުން ދަތިވުމާއެކު ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒެއް ޖަހަން ފަށައިފައެވެ. އަލްޖަޒީރާ އިން ބުނި ގޮތުގައި މިގޮތަށް ގިނަ ގައުމުތަކުން ބޭނުންކުރަމުން އަންނަނީ ވެކްސިންގެ ސަބަބުން ދިމާވާ ލޭގަނޑުވުމުގެ މައްސަލަތައް ވެސް މީގެ ސަބަބުން ކުޑަކޮށްދޭތީއެވެ.

އޮކްސްފޯޑު ޔުނިވާސިޓީން މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރެއް ކަމަށްވާ މެތިއު ސްނޭޕް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިގޮތަށް މިކްސް އެންޑް މެޗް ކޮށްގެން ވެކްސިން ބޭނުންކުރުމުން ވެކްސިނުން ކުރާ އަސަރުތައް މި ދިރާސާގެ އެހީގައި ދެނެގަނެވިފައިވާ ކަމަށެވެ. 

އަދި ހަތަރު ހަފްތާގެ ދުރުމިނެއްގައި އޮކްސްފޯޑްގެ އެސްޓްރެޒެނެކާ ވެކްސިނާއި ފައިޒާ ވެކްސިން ބޭނުން ކުރުމުން މުޅިން ރައްކާތެރި ކަމަށާއި އޭގެ ސަބަބުން ލިބޭ ފައިދާތައް އިތުރު ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް