ads
އެޗްއާރްސީއެމްގެ މެމްބަރު ޝިފާތު: ފޮޓޯ އެޗްއާރުސީއެމް
ވަޒީފާގެ މާހައުލާ ގުޅުންހުރި މައްސަލަތައް އިތުރުވެއްޖެ: އެޗްއާރުސީއެމް
ކޮވިޑް 19 އާއި ގުޅިގެން ވަޒީފާގެ މާހައުލާއި ގުޅުންހުރި މައްސަލަތައް ހުށަހަޅާ މިންވަރު އިތުރުވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އިން ބުނެފިއެވެ.

އެ ކޮމިޝަނުގެ މެންބަރ އައިމިނަތު ޝިފާތު އަބްދުއްރައްޒާގު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވަޒިފާގެ މާހާއުލުގައި ގޮންޖެހުންތައް ބޮޑީ އަންހެނުންނަށް ކަމަށެވެ. 

މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑާ އީކުއާލިޓީގެ މައްސަލައައް ހައްލެއް ހޯދަން ޖެހިފައިވާ ބައިވަރުގައުމުތައް ދުނިޔޭގައި އެބަހުރި ކަމަށާއި، އެހެން ނަމަވެސް ދިވެހިރާއްޖެއަކީވެސް މި މައްސަލައަށް ހައްލެއް ހޯދަން ޖެހިފައިވާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

"މަޖިލީހަށް ބެލިއަސް މިވަގުތު މަޖިލީހުގަ ވެސް ތިބީ އެންމެ ފަސް އަންހެނުން. މިފަހުގެ ކައުންސިލް އިންތިހާބުގައި ވެސް އަންހެނުންގެ އަދަދު އިތުރުކުރީ ކޯޓާތަކެއް އިންޓްރޮޑިއުސް ކޮށްގެން. މިޑް މެނޭޖް މަންޓުގަ އަންހެނުން ގިނަވިކަމަށް ވިއަސް ސީނިއާ މެނޭޖް މަންޓުގަ އަންހެނުންގެ އަދަދު ވަރަށް ކުޑަ،" 

އޭނާ ވިދާޅުވީ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަަކަށް ބަލާލާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުން ޝިފާތު ވިދާޅުވީ މުޖުތަމައުގައި އާންމުކޮށް މީހުން އަމަލުކުރާ އުސޫލުތައް ނުވަތަ ނޯމްސް އަށް ބަލައިލި ކަމަށްވިއަސް އަދިވެސް ފެންނަ މަންޒަރަކީ ގޭތެރޭގެ މަސައްކަތަށް ވެސް އެންމެ ފުރަތަަމަ ކުރަންޖެހޭ މީހުންނަކީ  އަންހެނުންކަމަށް ދެކެވިފައި އޮންނަ އޮތުންކަމަށެވެ. އަދި ދަރިން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް ހަވާލުކޮށްފައި އޮންނަނީ އަންހެނުންނާއި ކަމަށެވެ. އުމުރުން ދުވަސްވީ ބެލެނިވެރިން ބެލުންވެސް އެއީ އަންހެނުން ކުރަންޖެހޭ ކަމެއްކަމަށް ދެކެވިފައި އޮންނަކަމަށެވެ. 

"ވަޒީފާއަކަށް އަންހެނަކާ ފިރިހެނަކާ ގޮސްފަ އައިސްފަ ދެންކުރަންޖެހޭ ކަންތައްތަކަށް ބަލައިލިއަސް އަންހެނަކު ވަޒީފާ އަދާކޮށްފަ ދެން ކުރަން އޮންނަ ކަންތައްތައްވެސް ވަރަށް ގިނަ، ވަޒީފާއަށް ދިއުމުގެ ކުރިން ވެސް ކަންތައްތަކެއް ރާވަން އެބަޖެހޭ. ކުދިން ބަލާނީ ކާކުތޯ ކުދިން ހަވާލުކުރާނީ ކާކާތޯ ވެސް ބަަލަން އެބަޖެހޭ،" 

ނަމަވެސް ސިޔާސީ ދާއިރާގަވެސް އަންހެނުންގެ އަދަދު މަދު ނަމަވެސް، ސިޔާސަތުތައް ކަނޑައަޅާ ލެވަލުގައި ވެސް ތިބި އަންހެނުންގެ އަދަދުވެސް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ވަޒީފާގެ މާހައުލުގަވެސް އަންހެނުންނަށް ފިރިހެނުންނެކޭ އެއްހަމައެއްގަ މަސައްކަތް ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަވާތީ. މީގެ އިތުރުން ވެސް ދަރިމައިވުމުގެ ސިއްހަތާ. އެންމެ އެކަށީގެންވާ ފެންވަރުގަ ސިއްހީ ހިދުމަތްތައް ރަށު ފެންވަރުގަ ލިބެން ނެތުމުން ދިމާވާ މައްސަލަތައް ފާހަގަކުރެވޭ،" 

މީގެ އިތުރުންވެސް އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ވެސް ލޯނު ލިބިގަތުމާ ފައިނޭންސް ހޯދުމަށް ވެސް އަންހެނުންނަށް ދަތިތައް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. 

މިކަން ހައްލުކުރުމަށް ޗައިލްޑް ކެއާ ފެސިލިޓީތައް ދައުލަތުންވެސް ގާއިމް ކުރުމާއި، މުޖުތަމައުތެރޭގަ އޮތް ވިސްނުން ވެސް ބަދަލުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް