ads
އެންތޮނީ ބޭޔާ--
ފަލަވުމަކީ ބަދުނަސީބުކަމެއްތަ؟
ފަލަވުމުގެ ސަބަބުން މީހުންނަށް މަލާމާތް ކުރުން މިއީ މުޖުތަމައުގައި އާ ކަމެއް ނޫނެވެ. މަލާމާތާއި ފުރައްސާރައާއި ގޯނާ ކުރާ ހިސާބަށްވެސް ދެއެވެ.
ފަލަވުމުގެ ސަބަބުން މީހުންނަށް މަލާމާތް ކުރުން މިއީ މުޖުތަމައުގައި އާ ކަމެއް ނޫނެވެ. މަލާމާތާއި ފުރައްސާރައާއި ގޯނާ ކުރާ ހިސާބަށްވެސް ދެއެވެ.

އެންތޮނީ ބޭޔާ އަކީ ފަލަވުމުގެ ސަބަބުން ކުޑައިރުއްސުރެ ގިނަ ބަޔެއްގެ މަލާމާތް ރައްދުވި މީހެކެވެ. އޭނާ ރައްޓެހިވާން އަހާ ކޮންމެ ކުއްޖަކުވެސް އޭނާ އާއި ގުޅެން އެއްބަހެއް ނުވެއެވެ.

" ވަރަށް ގަޔާވާ ކުއްޖަކު އުޅުނު ސްކޫލުގަ. އެއީ ސްކޫލުގައި ހުރި އެންމެ ރީތި ކުއްޖާ. ސްކޫލް ނެށުމަކަށް އޭނާ ކައިރިން އެހީ އަހަރެންނާއެކު ދާންވީއެއް ނޫންހޭ. އުންމީދު ކުރި ގޮތާއި ހިލާފަށް އޭނާ އެއްބަސްވި" އެންތޮނީ ބުންޏެވެ.

އެކުއްޖާ ނަށަން ދާން އެއްބަސްވުމުން ރީތި ހެދުމަކާއި، އިސްތަށިގަނޑުވެސް އާ ސްޓައިލަކަށް ހަދާ މީހެއްގެ އަތުން ކާރެއްވެސް ނަގައިގެން އެ އަންހެން ކުއްޖާ ބަލާ ދިޔައެވެ.


ބަރުދަން ލުއިކުރުމުގެ ކުރިން--

" އެ ގެޔަށް ގޮސް ދޮރުގަ ޓަކި ޖެހީ. އެކަމަކު އޭނާ ދޮރުހުޅުވުމަށް ފަހު ބުނީ އެ ދޮރުން ވަދެވޭ ވަރަށްވުރެ އަހަރެން މާ ފަލައޭ. އެހެން ބުނުމަށްފަހު ދޮރުލައްޕާލީ" އެންތޮނީ ބުންޏެވެ.

އެ ހާދިސާގެ ސަބަބުން އޭނާ "ޑިޕްރެޝަން" އަށް ގޮސް މާ ގިނައިން ކާން ފެށުމުން އިތުރަށް ބަރުވެ، ބަރުދަން 157 ކިލޯ އަށް އެރިއެވެ.

މާ ބޮޑަށް ފަލަވުމާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމުން އެންތޮނީ އަށް ލަފާ ދިނީ ކަސްރަތު ކުރަން ފަށާ ކެއުމަށް ބަދަލު ގެނައުމަށެވެ.

2014 ވަނަ އަހަރުން ފެށި އެ މަސައްކަތުން މިހާރު އޭނާ ވަނީ 60 ކިލޯ ލުއިކޮށްފައެވެ. ނަތީޖާ އެއްގެ ގޮތުން ބައެއް މީހުންނަށް ވަނީ ބުލީ ކުރުމަކީ ކިހާ ގޯސްކަމެއްކަން ބައެއް އަންހެން ކުދިންނަށް ވަނީ އެނގިފައެވެ.

ކުރިން ބުލީ ކުރި ކުއްޖާވެސް މައާފަށް އެދި އަންހެން ކުއްޖަކާ ވެސް އޭނާ ކައިރީ ޑޭޓް އަކަށް ދާން އަހައި މެސެޖެއް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.


އަންހެން ކުއްޖާ އެންތޮނީ އަށް ފޮނުވި މެސެޖު--

އޭނާ ބުނި ގޮތުގައި އެކުއްޖާ އަށް މައާފްކޮށް މިހާރު ދެ މީހުން އަންނީ އެކުގައި "ޑޭޓް" ކުރަމުންނެވެ.










0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް