ads
މިނިސްޓަރު ނަސީމް ޕްރެސްގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ވެކްސިން ޖަހާފައި ތިބި މީހުންނަށް ލުއިދެވޭކަށް ނެތް: މިނިސްޓަރު ނަސީމް
ރާއްޖޭގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންގެ އަދަދު މަދުވުމުން، ވެކްސިން ޖަހާފައި ތިބި މީހުންނަށް ލުއިދެވެން ނެތް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ޕްރެސް ކޮންފެރެންސްގައި ވަރަށް ގިނަ ގައުމުތަކުގައި ދެ ޑޯޒް ޖެހި މީހުންނަށް ލުއިތައް ދެމުން އަންނަ ކަން ފާހަގަކުރައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ ލުއިދޭން ބޭނުންވާ މިންވަރަށް ރާއްޖޭގައި ވެކްސިން ފުރިހަމަކުރެވިފައި ނެތް ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ކޮށްފައިތިބި އެންމެ 38 ޕަސެންޓް މީހުން ކަމަށާއި ލުއި ދިނުމަށްޓަކައި އާބާދީގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރުން މުހިންމު ކަމަށެވެ.

"އެކަން އަޅުގަނޑުމެންނަށް ހައްލު ކުރެވި ލުއިތަކެއް ލިބޭނީ މިއަށް ވުރެ ގިނައިން ދެ ޑޯޒް ޖެހިގެން." ނަސީމް ވިދާޅުވިއެވެ.

ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވޭނެ ލުއިތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި އެއީ ވެކްސިން ޖެހުމަށް އެހެން މީހުންނަށް ބާރު އެޅުމުގެ ގޮތުން ކުރަން ވެސް މުހިންމު ކަމެއް ކަމުގައި މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި އެސްޓްރެޒެނެކާގެ ވެކްސިން ލިބުމުން މިކަމަށް ހައްލެއް ލިބި، ލުއިދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެސްޓްރަޒެނެކާ ވެކްސިން ލިބޭނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅުނުވި ނަމަވެސް މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ މެދުގައި އެކަށީގެންވާ މިންވަރަކަށް ވެކްސިން ލިބޭނެ ކަމަށެވެ.

3%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް