ads
މީރާ--
ޓެކްސް އިންސްޕެކްޓަސް ވިތައުޓް ބޯޑާސް އާއެކު މީރާއިން ސޮއިކޮށްފި
މީރާއިން ޓެކްސް އިންސްޕެކްޓާސް ވިތައުޓް ބޯޑާސް (ޓީއައިޑަބްލިއުބީ) އާއިއެކު ކޯޕޮރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

އެ އެގްރިމަންޓްގެ މަގުސަދަކީ މީރާގެ ޓެކްސް އޮޑިޓަރުންގެ އޮޑިޓް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއް ފެށުންކަމަށް މީރާއިން ބުނެއެވެ. މިއީ ދެއަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާ އާއި ޓީއައިޑަބްލިއުބީ ގުޅިގެން ވަނީ 2018 ވަނަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމް ހިންގާފަ އެވެ. އެގޮތުން، ޓީއައިޑަބްލިއުބީ އާ ގުޅިގެން ފަށާ ޕްރޮގްރާމުގެ ދަށުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފަންނީ ކެޕޭސިޓީ އިތުރުކުރުމަށާއި، ޓޫރިޒަމް ދާއިރާގެ އިންޓަނޭޝަނަލް ޓެކްސް ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކަށް އަލިއަޅުވާލެވިގެންދާނެ ކަމަށް މީރާއިން ބުނެއެވެ.

މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓީއައިޑަބްލިއުބީގެ ވެރިޔާ ރުސުދާން ކެމުލެރިއާ ވަނީ މީރާއާއިއެކު ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ޕްރޮޖެކްޓްގެ ކާމިޔާބީތަކަށް އަލިއަޅުވާލާފަ އެވެ. އަދި މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓުން ކުރީގެ ޕްރޮޖެކްޓްގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވަނީ ޓީއައިޑަބްލިއުބީ އިން އޮގަސްޓް 2018 ގައި ފެށި ޕްރޮޖެކްޓާއެކު ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

ޓީއައިޑަބްލިއުބީ އާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮޖެކްޓުގެ ކާމިޔާބީއަށް އަލިއަޅުވާލައި، އެ ޕްރޮޖެކްޓްގައި ޓްރާންސްފަ ޕްރައިޒިން މަސައްކަތުގެ އުކުޅުތައް މީރާގެ އޮޑިޓަރުންނަށް އުނގެނިގެން ދިޔަކަން ކޮމިޝަނަރު ފަތުހުﷲ ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމިޝަނަރު ފަތުހުﷲ ވަނީ މިއަދު އިފްތިތާހްކުރެވުނު ޕްރޮޖެކްޓަގައި މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަންނީ މާހިރު، މރ. ކޮލިން ހަޗްކިންސް އަށް މަރުހަބާ ދަންނަވާފަ އެވެ.

ޓީއައިޑަބްލިއުބީ އަކީ އޯއީސީޑީ އާއި ޔޫއެންޑީޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް