ads
އއ.ރަސްދޫ
އއ.ރަސްދޫގެ މަގުތަކަށް ކުނިއެންދި ސަރަހައްދެއްގައި ހުރި ވެލި އަޅާތީ ކަންބޮޑުވެއްޖެ
އއ.ރަސްދޫގެ މަގުތަށް ކުނި އަންދާފައިހުރި ސަރަހައްދަކުން ވެލިއަޅައިގެން އެއްވަރު ކުރަމުންދާތީ ބަޔަކު ހިތްހަމަނުޖެހުން ފާޅު ކޮށްފިއެވެ. އެމީހުން ބުނާގޮތުގައި މިއީ ސިއްހީ ގޮތުން ރަނގަޅުކަމެއްނޫނެވެ.

މިކަމާއި ގުޅިގެން އއ.ރަސްދޫ ކައުސިލް ގެ ރައީސް މުހައްމަދު ނާހިދާއި ސީއެމްއެން އަށް ވިދާޅުވީ މަގު ހަދަން ބޭނުންކުރަން ނިންމާފައިވަނީ ކުނި ނުވާ ޒާތުގެ ކުނި (ފަތް، ޕްލާސްޓިކް އަދި ކަރުދާސް ކަހަލަ އެއްޗެހި) އަންދާފައިވާ ވެލިން ކަމަށާއި އެ ވެލިތައް ހުންނާނީ ފުރާނާފައިކަމަށެވެ. 

އޭނާ ވިދާޅުވީ ވެލިތައް އަޅަން ނިންމާފައިވަނީ އަޑިގުޑަން ވެފައިހުރި މަގުތަކަށް ކަމަށެވެ.

މިކަމާއި ގުޅިގެން އއ.ރަސްދޫގެ ހޮސްޕިޓަލުން ބުނީ އެކަމާއި ބެހޭ ގޮތުން އެއްޗެއް ބުނަން އިނގޭނީ އެ ވެލި ތަހުލީލު ކޮށްގެންކަމަށެވެ. ރައްޔިތުންގެ މަދުބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރިނަމަވެސް ގިނަމީހުން މިކަމަށް ތާއީދު ކުރާކަމަށް ކައުންސިލުން ބުނެއެވެ.

ފަތުރުވެރިން ޒިޔާރާތް ކުރާ އެރަށަކީ ސާފުރީތި މަގުތަކެއް ހުރި ރަށެކެވެ. މިހާރުވެސް ވިއްސަކަށް ފަތުރުވެރިން އެރަށުގައި އެބަތިބިކަމަށް އޭނާ ވަނީ ބުނެފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް