ads
ކާއްޓޭ
ކާއްޓޭގެ ރުޅިގަނޑު މިފަހަރު އެޗްޕީއޭއަށް
ދިވެހިރާއްޖޭގެ މޮޅު އެންޓާޓެއިނާ އަދި ކޮންޓެންޓް ކްރިއޭޓާ ކާއްޓޭގެ ރުޅިގަނޑު އެޗްޕީއޭ އަށް އަމާޒުކޮއްފިއެވެ.

އޭނާ މިއަދު ހެދި ވީޑިޔޯއެއްގައި ބުނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދެވޭނެކަމަށް ބުނުމުން ހުރިހާ އެންމެންވެސް 2 ޑޯޒް ފުރިހަމަ ކުރި ކަމަށެވެ.

 ނަމަވެސް އިއްޔެ ދިން އިތުރު އާ ލުއިތަކުގައި ވެސް 2 ޑޯޒު ފުރިހަމަ ކުރުމުން ވެސް ކަރަންޓީން ވާން އޮތުމުން ހިތް ހަމަ ނުޖެހޭކަން އޭނާ ވަނީ އޭނާގެ ސްޓައިލް ގައި މަޖާ ގޮތަކަށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

އަދި ކޮވިޑް ޖެހި ރަނގަޅު ވުމުން ކަރަންޓީނަކާ ނުލާ އެހެން ރަށް ރަށަށް ދެވެން އޮތުމުން އެކަމަށް ވެސް ވަނީ އޭނާ ވަރަށް ބޮަޑަށް ފާޑުކިޔާފައެވެ. ހަމައެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް މިދިން ލުއިތަކާއި ގުޅިގެން ދަނީ ކުރިމަތިވަމުންނެވެ.

ކާއްޓޭ އަކީ ގިނަ ދިވެހި ރައްޔިތުންގެ ލޯބި ލިބިފައިވާ މޮޅު ހުނަރުވެރި ފަންނާނެކެވެ. އޭނާ ވަނީ މުޖުތަމައުއަށް ފައިދާ ހުރި މެސެޖްތަކެއް ވީޑިޔޯތަކެއްގެ ޒަރިއްޔާގައި ދޫކޮށްލާފައެވެ. 

80%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް