ads
ބަރުދަން ލުއި ކުރަން ބޭނުން ކުރެވިދާނެ ކާނާ
ބަރުދަން ލުއިކުރާނަމަ ވިސްނަންޖެހޭ 11 ކަމެއް
ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އެންމެ ފަސޭހައިން ބަރުދަން ލުއި ކޮއްލެވޭނެ ގޮތަކީ ނުކައި ހުރުންކަމަށެވެ.

ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ބަރުދަން ލުއި ވުމުގެ އިތުރުން ސިއްހަތައްވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެހެން ކަމުން ބަރުދަން ލުއިކުރަން ބޭނުންވާނަމަ ޑައިޓީޝަނެއްގެ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މި ގެނެސްދެނީ ބަރުދަން ލުއިކުރުމުގައި ވިސްނަންޖެހޭނެ ކަންތައްތަކެވެ. 

1) ހެނދުނުގެ ސައިގަޑި މިސްކޮއްނުލުން: 

ހެނދުނުގެ ނާސްތާ ނުކައި ދޫކޮއްލުމަކީ އެއްގޮތަކަށްވެސް ބަރުދަން ލުއިވެގެން ދާނެ ސަބަބެއް ނޫނެވެ. އަދި ހަމައެޔާއެކު، އެއްޗެއް ނުކައި ދުވަސް ފެށުމުގެ ސަބަބުން މެންދުރުގެ ކެއުމުގެ ކުރިން ބަނޑުހައިވެ ގިނަފަހަރަށް ބޭރުތެރެއިން ކޮންމެސް ކޫސަނި އެއްޗެއް ކެވުމުގެ ސަބަބުން ބަރުދަން ލުއި ވުމުގެ ބަދަލުގައި ބަރުދަން ވާނީ އިތުރެވެ. އެހެންކަމުން ސިއްހަތައް ފައިދާހުރި ކެއުމެއް ހެނދުނުގެ ނާސްތާގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. 

ބްރޭކްފާސްޓް ގައި ބޭނުންކުރެވިދާނެ ކާނާ

2) ގަޑިން ގަޑިޔަށް ކެއުން ބައްޓަންކުރުން: 

ގަޑިން ގަޑިޔަށް ކެއުމަކީ ކެލޮރީސް އަދި ފެޓްސް ބާންކޮއްދޭ މިންވަރު އަވަސްވެގެން ދާނެ ކަމެކެވެ. އަދި ހަމަ އޭގެ އިތުރުން ބޭކާރު ސިއްހަތައް ގެއްލުންހުރި ކާނާ ކެއުމުން ދުރުކޮއްދޭނެ ކަމެކެވެ. 

ސިއްހަތައް ފައިދާވާ ގޮތަށް ކެއުން ބައްޓަންކުރެވިދާނެ ގޮތްތައް

3) މޭވާ އާއި ތަރުކާރީ ކެއުމުގައި ހިމެނުން:

މޭވާ އާއި ތަރުކާރީގެ ބާވަތްތަކަކީ ކެލޮރީސް އަދި ފެޓްސްގެ ބައި މަދު ކާނާއަކަށް ވުމުން ބަރުދަން ލުއިކޮއްދިނުމަށް އެހީތެރިވެދޭނެއެވެ. އަދި ހަމަ އެޔާއެކު މޭވާ އާއި ތަރުކާރީގައި ވިޓަމިންސް އާއި މިނަރަލް ގެ އިތުރުން ފައިބާ ހިމެނުމުގެ ސަބަބުން ހަށިގަނޑުގެ ވަރު ދެރަވުން ކުޑަކޮއްދޭނެއެވެ.

ކެއުމުގައި މޭވާ އާއި ތަރުކާރީ ބޭނުން ކުރެވިދާނެ ގޮތްތައް

4) ކަސްރަތު ކުރުން: 

ކަސްރަތަކީ ބަރުދަން ލުއިކުރުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްކަމެވެ. ހަމައެކަނި ޑައިޓް ޕްލޭން އަކަށް ފޮލޯކޮއްގެން ކަސްރަތާ ނުލާ ބަރުދަން ލުއި ކޮއްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. 

ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ބައެއް ކަސްރަތުތައް

5) ފެން ބުއިން ގިނަކުރުން:

ހެލްދީ ޑައިޓް ޕްލޭންއަކަށް ގިައިން ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. 

ހެލްދީ ޑައިޓް ޕްލޭްނަކަށް ގިނައިން ފެން ބުއިމުގެ މުހިއްމުކަން

6) ފައިބާ އެކުލެވޭ ކާނާ ކެއުމުގައި ހިމެނުން:

ފައިބާގެ ބާވަތް ހިމެނޭ ކާނާއިން ފަސޭހައިން ބަނޑު ފުލްކޮއްދިނުމުގެ އިތުރުން ގިނައިރު ބަނޑުހައި ވުމުން ދުރުކޮއްދޭނެއެވެ. 

ފައިބާ އެކުލެވޭ ކާނާ

ފައިބާ އެކުލޭ ކާނާ

ފައިބާ އެކުލެވޭ ކާނާ

7) ކާއެއްޗެހީގެ ލޭބަލް ރަނގަޅަށް ކިޔުން: 

ކާއެއްޗެހީގެ ލޭބަލް ކިޔުމުން އޭގައި އެކުލެވިގެންވާ ބާވަތްތައް އެނގި ހެލްދީ ކާނާ އިހުތިޔާރުކުރަން ފަސޭހަވެގެންދެއެވެ. 

ކާއެއްޗެހީގެ ލޭބަލް ޗެކްކުރާނެ ގޮތްތައް

8) ބޮޑު ތައްޓެއްގެ ބަދަލުގައި ކުޑަ ތައްޓެއް ކާން ބޭނުންކުރުން: 

ކެއުމުގައި ބޮޑު ތައްޓެއްގެ ބަދަލުގައި ކުޑަ ތައްޓެއް ބޫނުންކުރުމުން ކެއުމުގެ ޕޯޝަން ކުޑަވެ، ކެވޭ މިންވަރު މަދުވެއެވެ. އަދި ޕޯޝަން ކުޑަކުރުމުގެ އިތުރުން ލަސްލަހުން މަޑުމަޑުން ކެއުމުގެ ސަބަބުން ބަނޑު ފުލްވާލެއް އަވަސްވެއެވެ. 

9) ކާހިތްވާ އެއްވެސް ކެއުމެއް އެއްކޮށް ހުއްޓާނުލުން:

ކާހިތްވާ ކާއެއްޗެއް ކުއްލިޔަކަށް މުޅިއް ހުއްޓާލުމުގެ ސަބަބުން އެ އެއްޗެއް ކާހިތްވާ މިންވަރު އިތުރުވުވެގެން ދިޔުމުގެ ސަބަބުން ހެލްދީ ޑައިޓް ޕްލޭންއަކާއި އެއްގޮތައް ކެއުން ބައްޓަން އުނދަގޫވެގެން ދެއެވެ. އެހެންކަމުން މާބޮޑަށް ކާހިތްވާ ބާވަތެއްގެ ކާނާއެއް ނަމަ މަދު މިންވަރެއް ޑައިޓް ޕްލޭންގައި ހިމަނާލެވިދާނެއެވެ. 

އެއްދުވަހުގެ ކެއުމުގައި ކެލޮރީސް ހިމެނޭ ބާވަތްތައް އހިމެނިދާނެ މިންވަރު

10) ޖަންކް ފްޑް ގޭގައި ސްޓޮކްކޮއްފައި ނުބެހެއްޓުން:

ޖަންކް ފްޑް ގޭގައި ސްޓޮކް ކޮއްފައި ބެހެއްޓުމުގެ ސަބަބުން ޖަންކް ފްޑް ކާހިތްވުމުގެ އިތުރުން ކެވޭލެއްވެސް ގިނަވާނެއެވެ. ޖަންކް ފްޑަކީ ބަރުދަން އިތުރުކޮއްދޭ އެއްޗެކެވެ. އެހެންކަމުން ޖަންކް ފްޑްގެ ބަދަލުގައި މޭވާ އާއި ތަރުކާރީ ފަދަ ސިއްހަތައް ފައިދާހުރި ކާނާ ގޭގައި ސްޓޮކްކުރުން ބުއްދިވެރިއެވެ. 

11) ރަނގަޅު ހެލްދީ ޑައިޓް ޕްލޭނެއް ތައްޔާރުކުރުން:

ބަރުދަން ލުއި ކުރަން ބޭނުން ވާނަމަ ހެލްދީ ޑައިޓް ޕްލޭން އެއް ފޮލޯ ކުރުމަކީ ވަރށް މުހިއްމު ކަމެކެވެ. އެގޮތުން ހެނދުނުގެ ނާޝްތާ، މެންދުތުގެ ކެއުން އަދި ރޭގަނޑުގެ ކެއުމުގެ އިތުރުން ސްނޭކްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ ސްޓްރިކްޓް ޕްލޭނެއް އޮތުމުގެ ސަބަބުން ބަރުދަން ލައިކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އަދި މި ޑައިޓް ޕްލޭން ވާންވާނީ ކެލޮރީސްގެ ބާވަތްތައް ވީހާވެސް މަދުކުރަން ވާނެއެވެ. 

މި ގެނެސް ދީފައިވާ ޓިޕްސް ތަކަކީ ޔޫކޭ ގެ އެއްއެޗްއެސް ވެބްސައިޓުން ނަގާފައިވާ ޓިޕްސްތަކެކެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް