ads
ރާޖްކުމާރު ހިރާނީއާ ސާހްރުކް ހާން
ރާޖްކުމާރު ހިރާނީއާ އެކު ޝާހުރުކްހާން މަސައްކަތްކުރަނީ
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކުޝާހުރުކްހާން މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިފިލްމަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދި ރަސްމީކޮށް އިއުލާން ނުކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިރާނީ އާއި ކަނިކާ ދިލަން އެވެ.

ފިލްމުގެ ސޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު މީގެ މައިގަނޑު މަންޒަރުތައް ނަގާނެ ކަމަށް ބުނަނީ ޕަންޖާބާއި ކެނެޑާގައެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލް ތާޕްސީ ޕައްނޫ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އަޑު އަރާފައިވެ އެވެ.

ޝާހުރުކް މިވަގުތު ސިދާތު އާނަންދުގެ "ޕަތާން" ގެ މަސައްކަތްކުރަމުން އަންނަ އިރު، އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް