ads
ކުޅިވަރު ވަޒީރު މަހްލޫފު
އިންޑިޔާ އެތްލީޓުގެ ދިފާއުގައި ސަސްޕެންޑްކޮށްފައި ހުރި މަހްލޫފު
އަވައްޓެރި އިންޑިއާގައި ކުރިއަށްދިޔަ އެތުލެޓިކްސް މުބާރާތެއްގައި ވާދަކުރި ދިވެހި އަންހެން ރިލޭ ޓީމުގައި އިންޑިއާ އެތުލީޓަކު ދުވި ދުވުމުގައި އެންމެ ފަހުން އެކަން ދިފާއު ކުރެއްވުމަށް، ސަސްޕެންޑްކޮށްފައި ހުރި ކުޅިވަރު ވަޒީރު މަހްލޫފުވެސް ނުކުންނަވައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން މަގާމުން ސަސްޕެންޑްކޮށްފައިވާ މަހްލޫފު ވިދާޅުވީ، އެ އިވެންޓުގައި ދުވީ ގައުމީ ރިލޭ ޓީމް ނޫންކަމަށާއި އަދި އެ މީހުން ލައިގެން ތިބީ ދިވެހި ޖޯޒީއެއްވެސް ނޫން ކަމަށެވެ. މަހްލޫފު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އަވަށްޓެރި އިންޑިޔާގައި މި ހަފުތާތެރޭ ނިމުނު ސްޓޭޓް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުގައި އިންޑިޔާ އެތްލީޓެއް ދުވި މައްސަލަވަނީ ފެންމަތުވެފައެވެ. ދިވެހި ޓީމުގައި އިންޑީޔާ އެތްލީޓަކު ދުވި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް