ads
އެއްބަސްވުމުގައި ސޮއި ކުރަނީ
32 ރަށެއްގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރަނީ
ހަތަރު އަތޮޅެއްގެ 32 ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

"ގްރޭޓަ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓު"ގެ ދަށުން ކ. އަތޮޅާއި، އއ.އަތޮޅާއި، އދ.އަތޮޅު އަދި ވ.އަތޮޅުގެ 32 ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އެރަށްރަށުގެ ކައުންސިލުތަކާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. 

އެ އެއްބަސްވުމުގެ ދަށުން ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި އެޅުމާއި ކުނި މެނޭޖުކުރާނެ ވަސީލަތްތައް ނެތް ރަށްރަށަށް ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރާނެ ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން، 15 ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމާއި، 11 ރަށެއްގައި މިހާރު ހުރި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މިޕްރޮޖެކްޓުގެ ދަށުން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖުކުރުމުގެ ޒަމާނީ ޓެކްނޯލޮޖީ އެކުލެވޭ ނިޒާމެއް، މާލެ ސަރަހައްދުގައި ގާއިމުކުރެވި، ދިރިއުޅުމަށް އެކަށޭނަ ސާފުތާހިރު މާހައުލެއް ރަށްތަކުގައި އުފައްދައި، ރަށްރަށުގެ ޖަޒީރާވަންތަކަން އަލުން އިއާދަކުރުމާއި ތައައްޔަރުވެފައިވާ ކުނިގޮނޑުތައް ނައްތާލުން ކަމަށެވެ. 

އެންވަޔަރަންމަންޓް މިނިސްޓްރީން، އެޕްރޮޖެކްޓަކީ އެހީދޭ ޖަމާއަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އެމަޝްރޫއޫގެ މަގްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާ ނިޒާމެއް ގްރޭޓަ މާލެ ސަރަހައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުމެވެ. މިޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. 

އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި ( ކްލައިމެޓް އެނޑް ޑިޒާސްޓަ ރެސިލިއަޓް) ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށު ފެންވަރުގެ ކުނި މެނެޖް ކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. 

އަދި ދެވެނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނެޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް