ads
އިންޑިއާގައި ކޮވިޑްގައި މަރުވި މީހަކު އަންދަނީ
އިންޑިއާއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 4 ލައްކައަށް
އިންޑިއާއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އިންޑިއާއިން 30 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހަތަރު ލައްކަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.  

މޭ މަހު އިންޑިއާގެ ހާލަތު އެންމެ ގޯސްކޮށް އުޅުނު އިރު އެގައުމުން ދުވާލަކު ހަތަރު ލައްކަ ކޭސް ރިކޯޑް ކުރެވުނެވެ. ނަމަވެސް މިހާރު އެވްރެޖްކޮށް ދުވާލަކު މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 40،000 ގައެވެ. އަދަދުތައް ދަށަށް ގޮސްފައި މިވަނީ އެގައުމުގެ ސްޓޭޓްތަކުގައި ހަރުކަށި ލޮކްޑައުންތައް އިއުލާންކޮށްފައި ވުމުން ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ.

ނަމަވެސް ތަޖުރިބާކާރުން ވަނީ ތިން ވަނަ ރާޅެއްގެ އިންޒާރުވެސް ދީފައެވެ.

ޖެނުއަރީ މަހު ކޮވިޑް އިން ދިފާއުވުމަށް ފެށި ވެކްސިން ކެމްޕެއިން އިން މިހާތަނަށް އެގައުމުން ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދިގެ އެންމެ ފަސް އިންސައްތަ މީހުންނެވެ.

އެގައުމުގެ މައި ސަރުކާރުން މި އަހަރު ނިމުމުގެ ކުރިން މުޅި އާބާދީއަށް ވެކްސިން ދޭން އަމާޒް ކަނޑައެޅި ނަމަވެސް ވެކްސިން ދިނުމުގައި ލަސްތަކެއް އުޅޭތީ އެ އަމާޒަށް ވާސިލްވުމަކީ ނާދިރު ކަމެކެވެ. 

އިންޑިއާއިން މިވަގުތު ބޭނުން ކުރަނީ ދެ ވެކްސިނެކެވެ. އެއީ ކޮވެކްސިން އަދި ކޮވިޝީލްޑް އެވެ. ނަމަވެސް ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން އަށް ވެސް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދެވި ކޮންމެ ވެސް ވަރަކަށް ބޭނުން ކުރަމުން ދެއެވެ.

އެގައުމުގެ ނާޒުކް ސިއްހީ ނިޒާމަށް ކޮވިޑްގެ ދެވަނަ ރާޅުގައި ދިމާވި ދަތިތަކުގެ ސަބަބުން ހާލަތު އެއަށްވުރެ ގޯސް ނުވަނީސް ހަލުވި ދުވެއްޔެެއްގައި ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދަން އެގައުމުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރު އަންނަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ އެމެރިކާގެ ނޮވެކްސް ވެކްސިންގެ ބޭނުން ކުރަން ތައްޔާރު ވަމުންނެވެ. އަދި ސަރުކާރުން ވަނީ އެގައުމުގެ ފާމެއްކަމަށްވާ ބަޔޮލޮޖިކަލް އީ އިން 300 މިލިއަން ޑޯޒް އެހެން ވެކްސިނެއް އޯޑަރުކޮށްފައެވެ.

ނިމިދިޔަ ހަފްތާތެރޭ ހެލްތު މިނިސްޓްރީން ވަނީ އެގައުމުގެ ފާމަ ކޮމްޕެނީއެއް ކަމަށްވާ ސިޕްލާއަށް އެމެރިކާގެ މޮޑާނާ ވެކްސިން އިމްޕޯޓްކުރުމުގެ ހުއްދަދީފައެވެ.

މަސްދަރު: ބީބީސީ

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް