ads
ޤަޟާޤަދަރަށް އީމާންވާ މީހަކު ފިތުނައިގެ ސަބަބުން ގުޑުގުޑުއަޅައިގެން ނުދާނެ: ހުތުބާ
ޤަޟާޤަދަރަށް އީމާންވާ މީހަކު ފިތުނައިގެ ސަބަބުން ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށާއި އެފަދަ މީހަކު ދިރިއުޅުން ހޭދަކުރަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަން މަތީގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ޤަޟާޤަދަރަށް އީމާންވުމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށާއި، ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށެވެ. އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު
ބަލިކަށިވެގެން ވެސް ނުދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ، މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާ އަށް، ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާއިރު، މާތް ﷲ އާއި، އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް، އީމާންވެ، ޢަޤީދާ ވަރުގަދަކޮށްފި މީހާގެ، ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެންދާނެ ކަމަށެވެ. 

ހުތުބާގައި ބުނީ، ޔަގީން ކުރަންވީ ކަމަކީ މާ ﷲގެ ދީނަށް ނަޞްރު ލިބިގެންދާނެކަން ކަމަށާއި، އާހިރަތުގައި ބާއްޖަވެރިކަން ލިބިގެންދާނީ މުއުމިނުންނަށް ކަން ކަމަށެވެ. އަބަދުވެސް އުއްމަތުގެ ބަޔަކު ހައްގުގޮތުގައި ދެމިތިބޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޤިޔާމަތާ ޖެހެންދެން ވެސް އެމީހުން ދެރަކޮށްލައި ނިކަމެތިކޮށްލެވޭނެ ބަޔަކު ނާންނާނެ ކަމަށެވެ. 

މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައި މިވާ ނުރައްކާތެރި ކޮވިޑް19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުންކަން ފާހަގަކުރައްވަމުން ހުތުބާގައި ބުނީ، އީމާންކަމާއި، ކެތްތެރިކަމުން ހިމާޔަތް ލިބިގެންފި ނަމަ، ދުނިޔެމަތީގައި ލިބެން އޮތް ހެވެއް އެއްވެސް
މީހަކަށް އިހްސާސް ނުކުރެވޭނެ ކަމަށެވެެ. އަދި އާހިރަތުގައި ކެތްތެރިންނަށް މާތް ﷲ މިންވަރު ދަރުމައާއި ސަވާބު އެއްވެސް މީހަކަށް ވަޒަން ނުކުރެވޭނެކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް